ހިޒްބު ﷲ އިން އިސްރާއީލުގެ އަސްކަރީ މުވާސަލާތީ މަރުކަޒަށް ވަރުގަދަ ހަމަލާތަކެއްދީފިއެވެ.
ލުބުނާނުގެ ހިޒްބުﷲ ރެސިސްޓެންސް މޫވްމަންޓުން ޒަޔަނިސްޓް އިސްރާއީލުގެ އަސްކަރީ މުވާސަލާތީ މަރުކަޒަކަށް ވައިގެ ހަމަލާ އަމާޒުކޮށްފައި ވަނީ ސުއިސައިޑް ޑްރޯންތަކުގެ ސްކޮޑްރަންއަކާ އެކުގަ އެވެ.
ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ހިޒްބުﷲ އިން ބުނީ އެ ޖަމާއަތުން ޓިބެރިއާސް ލޭކްގެ ދެކުނުން ލުބުނާނާއި ފަލަސްތީނުގެ ބޯޑަރާއި 55 ކިލޯމީޓަރު ދުރުގައި އޮންނަ އިސްރާއީލުގެ އަސްކަރީ މަރުކަޒެއް ކަމަށްވާ އައިން ޚޮޒްލޮޓް ބޭސް އަށް ހަމަލާދީފައިވާ ކަމަށެވެ.
އެ އަސްކަރީ މަރުކަޒަށް ހިޒްބުﷲއިން ސުއިސައިޑް ޑްރޯންތަކުގެ ސްކޮޑްރަންއަކާ އެކު ވައިގެ ހަމަލާއެއް ދީފައި ވަނީ ލުބުނާނާއި އެ ގައުމުގެ ރައްޔިތުންގެ ދިފާއުގައި، އަދި ޚައިބަރު އޮޕަރޭޝަންސް ސީރީޒްގެ ތެރެއިން، އިސްރާއީލުގެ ދުޝްމަނުން ހިންގަމުން އައި ގަތުލުއާންމުތަކަށް ރައްދުދިނުމުގެ ގޮތުން ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން އެހެން ބަޔާނެއްގައި ހިޒްބުالله އިން ބުނީ އެ ޤައުމުގެ ހަނގުރާމަވެރިން އަމާޒުކޮށްފައި ވަނީ އިސްރާއީލުގެ އިސްތިއުމާރީ ބާރުތައް ދެކުނުގެ މަރޫން އަލްރާސް އަށް އެއްކުރުމަށް ކަމަށެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުން ފެށިގެން އިސްރާއީލު ސިފައިން ދަނީ ހިޒްބުﷲ އަށް އަމާޒުކޮށް ކަމަށް ބުނެ ނުރައްކާތެރި ގޮތަކަށް ލުބުނާނަށް ވައިގެ ހަމަލާތަކެއް ދެމުންނެވެ.
One Response
އެންމެންވެގެން ހަބޭހަށް ތަޅާ ހޭއަރުވާލަންވީ !
އިސްރާހެލް.