ޓްރަމްޕްގެ އަމިއްލަ ސޯޝަލްމީޑިޔާ ޕްލެޓްފޯމްގައި ކުރި އެންމެ ޕޯސްޓަކުން 500 މިލިއަން ޑޮލަރު

Loading

Facebook
Twitter
WhatsApp

އެމެރިކާގެ ރައީސް ކަމަށް މިހާރު ހޮވިވަޑައިގެންފައިވާ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުފައްދަވާފައިވާ އަމިއްލަ ސޯޝަލް މީޑިޔާ ޕްލެޓްފޯމް ”ޓްރުތު ސޯޝަލް“ ގައި އޭނާ ކުރެއްވި އެންމެ ޕޯސްޓަކުން ޓްރަމްޕްގެ މީޑިޔާ ކޮމްޕެނީގެ ނެޓް އަގު 500 މިލިއަން ޑޮލަރުން އުފުލިގެންދިޔަ ކަމަށް ސީއެންއެން އިން ރިޕޯޓް ކޮށްފިއެވެ.

ޓްރަމްޕް އިންތިޚާބު ކާމިޔާބު ކުރެއްވި ފަހުން ”ޓްރަމްޕް މީޑިޔާ“ ގެ ސްޓޮކް ގެ އަގު އުފުލުމަށްފަހު ހުކުރު ދުވަހު އަލުން ވަނީ ވަރަށް ބޮޑަށް އަގު ވެއްޓިފައެވެ. މިގޮތުން ބުދަ ދުވަހު ހުރި އަގުގެ 42 އިންސައްތަ، ހުކުރުދުވަހު ސްޓޮކް މާކެޓް ހުޅުވުނުއިރު ވަނީ ދަށަށް ގޮސްފަ ކަމަށް ވެއެވެ.

ކުންފުންނަކަށް ހެޔޮ ބަދަލެއް އަންނަން އުޅޭނަމަ ޓްރޭޑަރުން ހިއްސާތައް ގަނެލައެވެ. އަދި އަގު ހިއްލުމުން ފައިދާއާއެކު އަލުން ވިއްކާލައެވެ. ”ޓްރަމްޕް މީޑިޔާ“ އަށްވެސް ފުރަތަމަ ވީ މިކަހަލަ ގޮތެކެވެ. ނަމަވެސް ހުކުރު ދުވަހު ޓްރަމްޕް ކުރެއްވި އެންމެ ޕޯސްޓަކުން ވަނީ ކުންފުނީގެ އަގު ވަރަށް ބޮޑަށް އުފުލިފައެވެ.

އެ ޕޯސްޓްގައި ޓްރަމްޕް ވިދާޅުވެފައިވަނީ ކުންފުނީގައިވާ އަމިއްލަ ހިއްސާ ވިއްކާލައްވަން ޚިޔާލު ނުކުރައްވާ ކަމުގައެވެ. އަދި ވިއްކާލަން އުޅޭކަމަށް އިވޭ އަޑުތަކަކީ ހަގީގަތާ ޚިލާފު އަޑުތަކެއް ކަމުގައެވެ.

މި ޕޯސްޓާ ގުޅިގެން ހުކުރު ދުވަހުގެ ވިޔަފާރި ނިމުނުއިރު ވެސް ކުންފުނީގެ އަގު ވަނީ 15 އިންސައްތަ އުފުލިފައި ކަމަށްވެއެވެ.
ޓްރަމްޕް މީޑިޔާގެ އެންމެ ބޮޑު ހިއްސާދާރަކީ ޓްރަމްޕެވެ. އޭނާގެ 114.75 މިލިއަން ހިއްސާ ވެއެވެ. ހިއްސާތައް ވިއްކާނުލައްވާނެ ކަމަށް ވިދާޅުވެ މައުލޫމާތު ހާމަ ކުރެއްވުމާއެކު ޓްރަމްޕްގެ ހިއްސާތަކުގެ އަގުވަނީ 3.2 ބިލިއަން ޑޮލަރުން 3.7 ބިލިއަން ޑޮލަރަށް އުފުލިފައެވެ.

ކަމަލާ ހެރިސްއާއި ޓްރަމްޕް ރައީސްކަމަށް ވާދަކުރައްވަމުން ވަޑައިގެން ޓްރަމްޕް ކޮޅަށް ޕޯލްތައް ބުރަވާން ފެށި ހަމައިން އިންވެސްޓަރުން އައީ ޓްރަމްޕްގެ ނުފޫޒު އޮންނާނެ ވިޔަފާރިތަކުގައި ބައިވެރިވާ މިންވަރު އިތުރު ކުރަމުންނެވެ. މިގޮތުން އިންތިޚާބާ އެންމެ ގާތުން ހިނގި ހަ ހަފްތާ ތެރޭގައި ޓްރަމްޕް މީޑިޔާގެ ސްޓޮކްގެ އަގު ވަނީ 200 ޕަސެންޓް އިތުރު ވެފައެވެ.

”ޓްރަމްޕް މީޑިޔާ“ ކުންފުނީގެ 53 އިންސައްތަ ހިއްސާއަކީ ޓްރަމްޕް ގެ އަމިއްލަ ހިއްސާއަށްވާއިރު ޓްރަމްޕްގެ އަމިއްލަ ހިއްސާގެ އަގު 3.7 ބިލިއަން ޑޮލަރަށް ވަނީ ހިއްލިފައެވެ. އަދި މުޅި ކުންފުނީގެ މިހާރުގެ އަގަކީ ގާތްގަނޑަކަށް 7 ބިލިއަން ޑޮލަރު ކަމަށް ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް