ހިޒްބުﷲ އިން ފޮނުވާލި ރޮކެޓް ހިފެހެއްޓުމުގައި ނާކާމިޔާބުވި މައްސަލަ އިޒްރޭލުން ތަހުގީގު ކުރަނީ

Loading

November 3, 2024
sandhaanu news
Facebook
Twitter
WhatsApp

ހިޒްބު ﷲ އިން އިއްޔެ އިޒްރާއީލަށްށް ފޮނުވާލި ރޮކެޓު ހިފެހެއްޓުމުގައި ނާކާމިޔާބުވި މައްސަލަ އިޒްރޭލުން ތަހުގީގު ކުރަން ފަށައިފިއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުން ހޮނިހިރު ދުވަހު ފޮނުވާލި ރޮކެޓް ހިފެހެއްޓުމުގައި ނާކާމިޔާބުވި މައްސަލަ އެ އަސްކަރިއްޔާއިން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ހޮނިހިރު ދުވަހު ލުބުނާނުގެ ހިޒްބުالله އިން 130 އަށް ވުރެ ގިނަ ރޮކެޓް ވަނީ އިޒްރޭލަށް ފޮނުވާލާފައެވެ. އަދި މިއަދު ހެނދުނުގެ ވަގުތެއްގައި އިޒްރޭލްގެ މެދުތެރެއަށް ދިން ހަމަލާއެއްގައި އިޒްރޭލުގެ 11 މީހަކު ޒަޚަމްވެފައިވާ ކަމަށް އިޒްރޭލު ސިފައިންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

މީގެ އިތުރުން މިއަދުގެ ވަގުތެއްގައި ޣައްޒާގެ އުތުރު ސަރަހައްދުގައި ހިނގި ހަނގުރާމައިގެ ތެރޭގައި އިޒްރޭލު ސިފައިންގެ ދެ މީހަކު މަރުވެފައިވާ ކަމަށް ވެސް އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް