އިސްރާއީލުގެ އުޅަނދެއް ބަނދަރު ކުރުމުން އިސްތަންބޫލްގެ ބަނދަރެއްގައި މުޒާހަރާ ކޮށްފި

Loading

November 2, 2024
sandhaanu news
Facebook
Twitter
WhatsApp

އިސްރާއީލުގެ އުޅަނދެއް ބަނދަރު ކުރުމުން ތުރުކީގެ އިސްތަންބޫލްގެ ބަނދަރެއްގައި މުޒާހަރާކޮށްފިއެވެ.

އިސްތަންބޫލްގެ އަމްބަރްލީ ބަނދަރަށް ޝިޕިން ކުންފުނި ޒިމްގެ އިޒްރޭލާ ގުޅުން ހުރި އުޅަނދެއް ބަނދަރުކުރުމުން އެތައް ހާސް ބަޔަކު އެ ބަނދަރަށް އެއްވެ ވަނީ މުޒާހަރާކޮށްފައެވެ. ތުރުކީގެ އިސްތަންބޫލްގެ މި ބަނދަރަކީ މާމާރާ ކަނޑުގެ އުތުރު އައްސޭރިފަށުގައި އޮންނަ ބަނދަރެކެވެ.

އިސްތަންބޫލްގެ ބަނދަރުތަކުގައި އިޒްރޭލްގެ ”ޒަޔަނިޒަމް“ އަށް ޖާގައެއް ނެތް ކަމަށް ބުނެ އަޑުއުފުލަމުން ދިޔަ މީހުން ފަހަތަށް ޖެއްސުމަށް ބުރާސްފަތި ދުވަހުގެ ރޭ ބަނދަރުގެ ސަލާމަތީ ބާރުތަކުން ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.

ފަލަސްތީނުގެ ދިދަތައް ހިފައިގެން އެއްވި މުޒާހަރާގެ ބައިވެރިން ވަނީ ހައިފާ ބަނދަރަށް މިސްރާބު ޖަހާފައިވާ ކޮންޓެއިނަރުތައް ހުއްޓުވާފައެވެ. މި މުޒާހަރާގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު، ފަލަސްތީނުގެ ދިދަ ހިފައިގެން މުޒާހަރާގެ ބައިވެރިންތައް ޒަޔަނިސްޓުންނާ ދެކޮޅު ޝިއާރުތައް ގޮވާ މަންޒަރު ފެނެއެވެ..

ވައިރަލް ވެފައިވާ ވީޑިއޯ ފޫޓޭޖަކުން ފެންނަ ގޮތުގައި އެ މުޒާހަރާގެ ބައިވެރިއަކު ވަނީ މި ކޮންޓެއިނަރުތަކަކީ އިޒްރޭލަށް ކަނޑައެޅިފައިވާ ކޮންޓެއިނަރުތަކެއް ކަމަށް ބުނެފައެވެ. އަދި އެމީހުން ހުއްޓުވާފައިވާ ކަމަށާއި އެކަން ކުރިއަށް ގެންދަން ފުރުސަތެއް ނުދޭނެ ކަމަށް ބުނެފައި ވެއެވެ.

މުޒާހަރާގައި ބައިވެރިވި އެހެން މީހަކު ކޮންޓެއިނަރެއްގައި ޖަހާފައިވާ ޓެގަކަށް އިޝާރާތްކޮށް ބުނީ އެއީ އިޒްރޭލްގެ ހައިފާއަށް މިސްރާބުޖަހާފައިވާ އެއްޗެއްކަން ވަރަށް ސާފުކޮށް ފާހަގަކުރެވިފައިވާ ކަމަށެވެ.

ކޮންޓެއިނަރެއްގެ ކުރިމަތީގައި ހުއްޓިލައިގެން ހުރި އެހެން މުޒާހަރާވެރިޔަކު ވަނީ ”ޒިޔޯނިޒަމްއާ އެކު ވިޔަފާރި ކުރުމަކީ އިންސާނިއްޔަތަށް ކުރާ ފުރައްސާރައެއް“ ކަމަށް ބުނެ އަޑުއުފުލާފަ އެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ކުރިއަށް ދިއުން ހުއްޓުވަން ސެކިއުރިޓީ ގާޑުން މަސައްކަތް ކުރަމުން ދަނިކޮށް ބެރިކޭޑްތައް ފަޅާލާފަ އެވެ. ނަމަވެސް އެ ސަރަހައްދުގައި ހަމަނުޖެހުން އިތުރުވަމުން ދާތީ ސެކިއުރިޓީ އޮފިސަރަކު ވަނީ ވައިގެ ތެރެއަށް އިންޒާރުދޭ ބަޑިޖަހާއެވެ.  އޭގެ ފަހުން ފުލުހުން ވަނީ ހާލަތު ކޮންޓްރޯލްކޮށް މުޒާހަރާގެ ބައިވެރިންނަށް ބަނދަރުކުރި އުޅަނދުތަކާ ހަމައަށް ދިއުމަށް ހުރަސް އަޅާފަ އެވެ.

ތުރުކީން ރަސްމީކޮށް ޓެލްއަވީވްއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން ކަނޑާލި ނަމަވެސް، އިޒްރޭލާއި ތުރުކީއާ ދެމެދު ވިޔަފާރީގެ މުއާމަލާތްތައް ކުރިއަށްދާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް