ޕެޓް ކެއާ ފެސިލިޓީ“އޮޅު ހިޔާ“ ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވައިފި

Loading

November 2, 2024
sandhaanu news
Facebook
Twitter
WhatsApp

މާލޭގެ މަގުތަކުގައި ގިނަވަމުންދާ ބުޅަލުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް ސަރުކާރުން ތަރައްޤީ ކުރި ޕެޓް ކެއަރ ފެސިލިޓީ ނުވަތަ ”އޮޅު ހިޔާ“ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވައިފިއެވެ.

ޕެޓް ކެއާ ފެސިލިޓީ ހުޅުއްވައި ދެއްވާފައި ވަނީ މިއަދު ހަވީރު ހުޅުމާލޭގެ ފޭސް-2 ގައި ކުރިއަށްދިޔަ ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ޕެޓް ކެއަރ ފެސިލިޓީ، ހުޅުއްވައިދެއްވައި އެތަން ބައްލަވާލައްވާފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އޮޅު ހިޔާ މަޝްރޫޢު ހަޤީޤަތަކަށް ހެދުމަށް މި ސަރުކާރުން އެ ފެސިލިޓީ ޤާއިމު ކުރުމަށް ބިން ހަމަޖައްސަވައި ހުރިހާ ވަޞީލަތްތަކެއް މަގުފަހިކޮށްދެއްވައި މި މަޝްރޫޢު ކުރިއަށްގެންދިއުމަށް މާލެ ސިޓީ ކައުންސިލާ ހަވާލުކުރެއްވި ކަމުގައި ވިދާޅުވެފައެވެ.

މިއީ ސަރުކާރުގެ ހަފްތާ 14ގެ ވަޢުދުތަކުގައި ހިމެނޭ މަޝްރޫޢުއެކެވެ. ހަމައެހެންމެ މިއީސަރުކާރުގެ އިސްނެންގެވުމުގެ މަތީން މާލޭގެ މަގުތަކުގައި ގިނަވަމުންދާ ބުޅަލުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމުގެ ގޮތުން ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ފެސިލިޓީއެކެވެ. އަދި މި މަޝްރޫޢުގެ މަޤްޞަދުތަކުގެ ތެރޭގައި ރާއްޖޭގައި ޕެޓްކެއަރގެ ހަރުދަނާ ޤަވާއިދުތަކަކާއި ޢުޞޫލުތަކެއް ތަންފީޒު ކުރުން ހިމެނެއެވެ. 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް