އީރާނުން މިރޭ އިސްރާއީލަށް ހަމަލާދީފާނެ ކަމަށް ބުނެ ތައްޔާރީ ހާލަތުގައި ތިބުމަށް އަންގާ އެމެރިކާއިން އިންޒާރު ދީފިއެވެ.
އެމެރިކާއިން އިސްރާއީލަށް މިގޮތަށް އިންޒާރުކޮށްފައި މިވަނީ އީރާނަށް އިސްރާއީލުން ދިން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން އިސްރާއިލަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށް ބުނެ އީރާނުން ވަރުގަދަޔަށް ތައްޔާރުވެފައި ވަނިކޮށް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މިރޭގެ ވަގުތެއްގައި އީރާނުގެ ހަމަލާތަށް ފޮނުވާލާފާނެ ކަމަށް ބުނެ އެމެރިކާ އިން ވަނީ އިސްރާއީލުން ތައްޔާރީ ހާލަތުގައި ތިބުމަށް އަންގާފައެވެ. އަދި ބަދަލުހިފުމުގެ ގޮތުން އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް އީރާނުން ވަނީ އެތަށް މިސައިލްތަކެއް ތައްޔާރީ ހާލަތަށް ގެނެސްފައި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
އެމެރިކާއާއި އިސްރާއީލުން މި ހަމަލާތަކަށް ތައްޔާރުވުމުގެ ގޮތުން އީރާނުން ފޮނުވާނެ ކަމަށް ބެލެވޭ ހައިޕާ ސޮނިކްމީގެ މިސައިލްތަށް ވައްޓާލުމަށް އެމެރިކާގެ ތާޑް މަރުކާގެ އެއަރ ޑިފެންސް ސިސްޓަމްތަށްވެސް ވަނީ އިސްރާއީލަށް ގެންގޮސް އެކްޓިވޭޓުކޮށް ޓެސްޓުކޮއްފައެވެ