ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ޤައުމަށް ލިބޭނެ ހަގީގީ ރީތިނަމެއް ނެތް:ރައީސް

Loading

Facebook
Twitter
WhatsApp

ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ޤައުމަށް ލިބޭނެ ހަގީގީ ރީތިނަމެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދިވެހި ޒުވާން އަންހެނަކު ރީތީގެ މުބާރާތެއްގައި ވާދަ ކުރާކަން ހާމަކުރުމާއެކު ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާ މި ދަނޑިވަޅުގައި ރައީސް މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި އެ މަނިކުފާނު ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ރައީސް ކުރެއްވި ޕޯސްޓެއްގައި ވަނީ ޤުރުއާނުގެ އާޔަތަކާއި މާނަވެސް ހިއްސާ ކުރައްވާފައެވެ. وَقُلْ جَاءَ الْحَقُّ وَزَهَقَ الْبَاطِلُ ۚ إِنَّ الْبَاطِلَ كَانَ زَهُوقًا ﴿٨١﴾ “އަދި ކަލޭގެފާނު ވިދާޅުވާށެވެ! ޙައްޤު ތެދުގޮތް އަތުވެއްޖެއެވެ. އަދި ބާޠިލު ގޮތް ނެތި ފިލައިހިނގައްޖެއެވެ. ހަމަކަށަވަރުން، ބާޠިލަކީ، ނެތިވެ ފިލައިދަނިވި އެއްޗެއްކަމުގައިވިއެވެ.”

މީގެ އިތުރުން މި އާޔަތާއި މާނަ ހިއްސާކުރައްވާ ރައީސް ވިދާޅުވީ ފިރިހެނަކުވިޔަސް، މާތް ﷲ ރުހިވޮޑިގެން ނުވާ ގޮތަކަށް ތިމާގެ ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ނުވަތަ ބައިވެރިވާ ކުޅިވަރަކުން، ތިމާއަށް ނުވަތަ ތިމާގެ ދީނާއި ގައުމަށް ލިބޭނެ ހަގީގީ ރީތިނަމެއް، އުފަލެއް، ކާމިޔާބެއް ނެތް ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް