އިސްރާއީލުގެ ޖަރީމާގެ ހިތި ނަތީޖާ ޚިޔާލައްވެސް ނުގެނެވޭނެ

Loading

Facebook
Twitter
WhatsApp

އިސްރާއީލުގެ ޖަރީމާގެ ހިތި ނަތީޖާ ޚިޔާލައްވެސް ނުގެނެވޭނެ ކަމަށް އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ގެ ވެރިޔާ ހުސެއިން ސަލާމީ ވިދާޅުވެއްޖެއެވެ.

ސަލާމީ މިހެން ވިދާޅުވީ އިރާނުގެ ބިމަށް އިޒްރޭލުން ދިން ހަމަލާއަށް އިޝާރާތް ކުރައްވައެވެ. އެގޮތުން މޭޖަރ ޖެނެރަލް ހުސެއިން ސަލާމީ ވިދާޅުވީ އިސްރާއީލުގެ ޖަރީމާގެ ހިތި ނަތީޖާ އިސްރާއީލަށް ތަސައްވަރު ނުކުރެވޭނެ ކަމަށެވެ.

ސަލާމީ މިހެން ވިދާޅުވީ އީރާނުގެ ސިފައިންގެ އިސް ކޮމާންޑަރު މޭޖަރ ޖެނެރަލް އަބްދުލްރަހީމް މޫސާވީއަށް ފޮނުއްވި ސިޓީއެއްގައެވެ.

އެ ސިޓީގައި ސަލާމީ ވަނީ ދާދިފަހުން އީރާނާ ދެކޮޅަށް އިސްރާއީލުން ދިން ހަމަލާގައި އިރާންގެ އަސްކަރިއްޔާގެ 4 ސިފައިން ޝަހީދުވުމުން މޫސާވީއަށް ތައުޒިޔާ ވިދާޅުވެފައެވެ.

ސަލާމީ ވަނީ އިރާނުގެ ސިފައިންގެ ހިތްވަރުގަދަ ކޮމާންޑަރުންނާއި މުވައްޒަފުންގެ އިތުރުން ޝަހީދުންގެ ޢިއްޒަތްތެރި އާއިލާތަކަށް ތަޢުޒިޔާ ވިދާޅުވެފައެވެ. އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި އީރާނުގެ ވައިގެ ދިފާއީ ނިޒާމުގެ ސަބަބުން ނާކާމިޔާބުވި އިސްރާއީލުގެ ހަމަލާއިން ދައްކުވައިދެނީ ޓެލް އަވީވްގެ ގޯސް ހިސާބުތަކާއި ހަނގުރާމައިގެ މައިދާނުގައި އެއްވެސް އެހީތެރިކަމެއް ނެތް ކަން ކަމަށެވެ.

އީސްރާއީލުން އިރާނަށް ދިން ހަމަލާތައް އަމާޒުކޮށްފައި ވަނީ އީރާނުގެ މިސައިލް ފެސިލިޓީތަކަށެވެ.އީރާނުގެ އެއާ ޑިފެންސް ބޭސް އިން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އިޒްރޭލުން އިރާނަށް ދިން ހަމަލާ ކާމިޔާބު ކަމާއެކު އެ ގައުމުގެ އިންޓަގްރޭޓެޑް އެއާ ޑިފެންސް ސިސްޓަމުން ކުރިމަތިލާ ނާކާމިޔާބު ކޮށްލާފައިވާ ކަމަށެވެ. ނަމަވެސް މި ހަމަލާގައި ބައެއް ސަރަހައްދުތަކަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި މި ހަމަލާތަކުގައި އިރާނުގެ އަސްކަރިއްޔާގެ ސިފައިންގެ ހަތަރު މީހަކު ޝަހީދުވެފައިވާ ކަމަށްވެސް ހާމަކޮށްފައި ވެއެވެ.

އިސްރާއީލުގެ ޖަރީމާގެ ހިތި ނަތީޖާ ޚިޔާލައްވެސް ނުގެނެވޭނެ ކަމަށް އައިއާރުޖީސީގެ ވެރިޔާ ހުސެއިން ސަލާމީ ވިދާޅުވެފައި ވާއިރު އިސްރާއީލުން އިރާނަށް ދިން މި ހަމަލާތަކުގެ ރައްދުގައި އީރާނުން ހަމަލާ ދީގެން ނުވާނެ ކަމުގައި އެމެރިކާއާއި އިނގެރޭސި ވިލާތުންވެސް ވަނީ ބުނެފައެވެ.

Loading

3 Responses

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް