ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، އަސްލާ ހިލާފު ލިޔުމެއް ތައްޔާރުކޮށްފައިވާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް އޭނާ ހޯދަން އިއުލާނުކޮށްފިއެވެ.
ފުލުހުން ހޯދަން އިއުލާނުކޮށްފައި ވަނީ ނާޝިޠު އިބްރާހީމް، އަނޯނާގެ / ބ. ތުޅާދޫ (23އ)އެވެ.
ފުލުހުން މިއަދު ބުނީ އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލު ކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގާ އިއުލާނުކުރާ ކަމަށެވެ.
އެހެންކަމުން ފުލުހުން ވަނީ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް، 2024 ނޮވެމްބަރު 4 ވަނަ ދުވަހުގެ 10:00 އަށް ހާޒިރު ވުމަށް އޭނާ އަށް އާންމުކޮށް އަންގާ އިއުލާނުކޮށްފައެވެ.