ފުލުހުންނަށް ޤައުމިއްޔަތު ސެޝަނެއް ކުރިއަށް ގެންގޮސްފި

Loading

October 27, 2024
sandhaanu news
Facebook
Twitter
WhatsApp

ދިވެހި ގައުމިއްޔަތު އިޔާދަކުރުމުގެ ގައުމީ މަޝްރޫއުގެ ދަށުން ދިވެހި ފުލުހުންގެ މުވައްޒަފުންނަށް ގައުމިއްޔަތާ ގުޅޭ މައުލޫމާތުދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ މި ސެޝަން ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 24 ވަނަ ދުވަހު ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގގައި ކަމަށެވެ.އަދި މި ސެޝަނުގައި، ގޭންގު ކްރައިމް އެންފޯސްމަންޓާއި ޑްރަގް އެންފޯސްމަންޓުގެ ގިނަ މުވައްޒަފުން ބައިވެރިވެފައިވާ .ކަމަށް ފުލުހުން ހާމަކުރެއެވެ

އެ ސެޝަނަކީ ފުލުހުންގެ ގޭން ކްރައިމް އެންފޯސްމަންޓާއި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަނެއް ކަމަށް ފުލުހުން ހާމަކުރެއެވެ.

މި ސެޝަނުގައި މައުލޫމާތުދެއްވީ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޝަޙުރުއްޛިޔާދެވެ.

މި ސެޝަނުގައި، ގައުމިއްޔަތަކީ ކޮބައިކަމާއި ގައުމިއްޔަތު ދިރުވައި އާލާކުރަންޖެހޭ ސަބަބާއި ގައުމިއްޔަތުގެ މުހިންމުކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައި ވެއެވެ.

އޭގެ އިތުރުން، ގައުމިއްޔަތު ދިރުވައި އާލާކުރުމުގެ ސަބަބުން، އަންނަން އޮތް ޖީލަށް ކުރާނެ ފައިދާތަކާއި މިއަދުގެ ކުޑަކުދިންގެ ހިތްތަކުގައި ގައުމީ ލޯބި ދިރުވައި ގައުމިއްޔަތު ދެމެހެއްޓޭނެ ގޮތްތަކުގެ މައުލޫމާތުގެ އިތުރުން މައުލޫއާ ގުޅުންހުރި އެހެނިހެން މައުލޫމާތު ވެސް ހިއްސާކޮށްފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް