އިސްރާއީލުން ރޭ ދަންވަރު ވައިގެ މަގުން އީރާނަށް ދިން ހަމަލާތަކުގައި އިރާނުގެ ސިފައިންގެ ދެ މީހަކު ޝަހީދުވެއްޖެއެވެ.
އިރާނުގެ އަސްކަރިއްޔާއިން ނެރުނު ނޫސްބަޔާނުގައި ބުނީ ރޭ ދަންވަރު އިޒްރޭލުން އިރާނަށް ދިން ހަމަލާ ކާމިޔާބު ކަމާއެކު އެ ގައުމުގެ އިންޓަގްރޭޓެޑް އެއާ ޑިފެންސް ސިސްޓަމުން ކުރިމަތިލާ ނާކާމިޔާބު ކޮށްލާފައިވާ ކަމަށެވެ. ނަމަވެސް މި ހަމަލާގައި ބައެއް ސަރަހައްދުތަކަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި މި ހަމަލާތަކުގައި އިރާނުގެ އަސްކަރިއްޔާގެ ސިފައިންގެ ދެ މީހަކު ޝަހީދުވެފައިވާ ކަމަށްވެސް ހާމަކޮށްފައި ވެއެވެ.
އީސްރާއީލުން އިރާނަށް ދިން ހަމަލާތައް އަމާޒުކޮށްފައި ވަނީ އީރާނުގެ މިސައިލް ފެސިލިޓީތަކަށެވެ.
އިޒްރޭލުން ރޭ ދަންވަރު އިރާނަށް ދިން ހަމަލާތަކުގެ ރައްދުގައި އީރާނުން ހަމަލާ ދީގެން ނުވާނެ ކަމުގައި އެމެރިކާއާއި އިނގެރޭސި ވިލާތުންވެސް ވަނީ ބުނެފައެވެ