ގޭސް ލީކް އަކާއި ގުޅިގެން ޗެއްނާއީގެ ސްކޫލެއްގެ 30 ކުދިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފި

Loading

Facebook
Twitter
WhatsApp

އިންޑިޔާގެ ޗެންނާއީގެ ސްކޫލެއްގައި ކުދިންތަކަކަށް ކުއްލި ސިއްހީ އުނދަގޫތަކެއް ވެގެން ތިރީހަކަށް ކުދިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފިއެވެ. ބައެއްކުދިންވަނީ ނޭވާލާން އުދަގޫވެ، ކަރުތެރެ ހިރުވުމާ،ލޮލުން ދިލަނެގުމާއި ކުއްލިއަކަށް ހޮޑުލެވުންފަދަ އުދަގޫތަކެއް ވާކަމަށް ރިޕޯޓް ކޮށްފައެވެ. މިކަމާ ގުޅިގެން އޮފިޝަލުން ބުނެފައިވަނީ ބެލެވޭ ގޮތުގައި އެސްކޫލްގައި ވަނީ ގޭސްލީކެއް ހިގާފައެވެ.

މިހާދިސާއާއި ގުޅިގެން ކިޔަވާކުދިންނާއި އަދި ސްކޫލްގެ އިދާރީ މުވައްޒަފުންގެ މެދުގައިވެސް ވަނީ ކަންބޮޑުވުން އުފެދިފައެވެ.

ބޮޑަށް އުދަގޫވީ ކުދިންނަށް ބޭނުންވާ ސިއްހީ ފަރުވާ ދެމުންދާކަމަށާ އެކުދިންނަށް ނުރައްކަލެއް ނެތް ކަމަށް އޮފިޝަލުން ބުނެފައި ވެއެވެ.

ނެޝަނަލް ޑިޒާސްޓާ ރެސްޕޮންސް ފޯސް އިން ބުނެފައިވާ ގޮތުގައި މިކަން ހިގަން ދިމާވި ސަބަބެއް އަދި ނޭގެއެވެ.އެންޑީއާރުއެފްގެ ޓީމްތައް ހުރިހާތަނެއް ބަލާފައިވާ ކަމަށާ އޭސީ އަކުންވެސް ގޭސް ލީކެއްގެ އަސަރު ފެނަންނެތް ކަމަށް ބުނެފައި ވެއެވެ.

ބައެއް ބެލެނިވެރިން ދަނީ ކުދިންގެ ހާލަތާބެހޭ ފުރިހަމަ މައުލޫމާތު ބެލެނިވެރިންނަށް ސްކޫލުން ދެމުން ނުދާކަމަށް ބުނަމުންނެވެ.

މިހާދިސާއާއި ގުޅިގެން ފުލުހުންވެސް ވަނީ އެސްކޫލަށް ގޮސް މައްސަލަ ބަލަމުން ކަމަށް ޚަބަރު ލިބެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް