އެމްޑަބްލިއުއެސްސީ އާއި އެމްޓީސީސީ ސެކިއުރިޓީ އޮފިސަރުންގެ ޓްރެއިނިންގ ޕްރޮގްރާމުގެ ދެވަނަ ބުރު ފެށިގެން ކުރިއަށް!

Loading

Facebook
Twitter
WhatsApp

ދިވެހި ފުލުހުންގެ ޚިދުމަތުން މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ސެކިއުރިޓީ އޮފިސަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޓްރެއިނިންގ ޕްރޮގްރާމުގެ ދެވަނަ ބުރުގެ ޓްރެއިނިންގ ފަށައިގެން ކުރިއަށް ގެންދާކަމަށް އެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުން ބުނީ މި ޓްރެއިނިންގ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އޮކްޓޫބަރު 20 ވަނަ ދުވަހުން ފެށިގެން ފަސްދުވަހުގެ މުއްދަތަށް ކަމަށެވެ.

އިންޑޯ އަދި އައުޓްޑޯ ކްލާސްތައް ހިމެނޭ މި ޓްރެއިނިންތައް ކުރިއަށް ގެންދަނީ އެމްޑަބްލިއުއެސްސީގެ މަލްޓިޕާޕަސް ހޯލާއި މާލެ، ސިންތަޓިކް ޓްރެކްގައެވެ.

މި ޓްރެއިނިންތަކުގައި މަސްތުވާތަކެތި ދެނެގަންނާނެ ގޮތްތަކާއި، ކުށްތަކުން ރައްކާތެރިވާނެގޮތާއި ޖެނެރަލް ޕެޓްރޯލިންގ ޓެކްޓިކްސް އާއި ޓެކްނިކްސްތަކުގެ މައުލޫމާތާއި ގާނޫނީ ނިޒާމުތަކަށް އަހުލުވެރިކުރުވުމަށް ވެސް މައުލޫމާތުދީފައި ވެއެވެ. އަދި ޑިއުޓީ އަދާކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މައުލޫމާތުދިނުމާއެކު ފިޒިކަލް ޓްރެއިނިންގ އަދި ސެލްފް ޑިފެންސް ކްލާސްތައް ކުރިއަށް ގެންދާނެއެވެ.

ސެކިއުރިޓީ އޮފިސަރުންގެ މަސްއޫލިއްޔަތާއި ޒިންމާތަކާއި ސަމާލުކަންދޭންޖެހޭ ކަންތައްތަކާއި ރައްޔިތުންނާ އޮންނަ ގުޅުމުގެ މުހިންމުކަމާއި އެގުޅުން ދެމެހެއްޓުމަށް މަސައްކަތްކުރާނެ ގޮތުގެ މައުލޫމާތުދީފައިވެއެވެ. އަދި ހެއްކާއި ގަރީނާއަކީ ކޮބައިކަމާއި ހެއްކާއި ގަރީނާ ދެނެގަތުމުގައި އަމަލުކުރަންޖެހޭ ކަންކަމާއި ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

ފަސް ބެޗަކަށް ކުރިއަށްގެންދާ މި ޓްރެއިނިންގެ ފުރަތަމަ ބުރު ކުރިއަށް ގެންގޮސްފައިވަނީ މި މަހު 13 އިން 17 އަށެވެ. ފުރަތަމަ ބުރުގައި އެމްޑަބްލިއުއެސްސީގެ 15 މުވައްޒަފުންނާއި އެމްޓީސީސީގެ 10 މުވައްޒަފުން ބައިވެރިވިއެވެ

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް