ކެޓް ޝެލްޓާއަށް ޖަނަވާރަށް ހާއްސަ ޑޮކްޓަރަކާއި ދެ ނަރުހުން ހޯދަނީ

Loading

Facebook
Twitter
WhatsApp

ހުޅުމާލެ ފޭސް 2 ގައި ގާއިމް ކުރަމުންދާ ކެޓްޝެލްޓާއަށް ޖަނަވާރަށް ހާއްސަ ޑޮކްޓަރަކާއި އެކަމަށް ހާއްސަ ދެ ނަރުހުން ހޯދަން މާލެ ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.

މި ފެސިލިޓީން ދޭނެ ހިދުމަތްތަކުގެ ތެރޭގައި އާންމު ޗެކަޕްތަކާއި، ފަރުވާތައް ހިމެނެއެވެ. އަދިއޮޕަރޭޝަންތަކުގައި ވެޓެރިނޭރިއަންއަށް އެހީތެރިވުމާއި ވެޓެރިނޭރިއަން އަންގާ ގޮތުގެ މަތިން ބުޅަލަށް ބޭސް ދިނުމާއި ލޭ ނެގުމާއި ކުޑަކަމުދާ ތަކެތި ޓެސްޓްކުރުން ހިމެނެއެވެ. މީގެ އިތުުރުން ބަލި ދެނެގަތުމަށް ކުރާ ޓެސްޓުތަކާއި އެނެސްތީސިއާ ބެލެހެއްޓުމާއި އޮޕަރޭޝަނަށްފަހު ރިކަވަރީގައި ތިބޭ ބުޅާތަކަށް ބޭނުންވާ ފަރުވާ ދޭނެއެވެ.

މާލޭ ސިޓީ ކައުންސިލުންކުރި އިއުލާނުގައި ބުނީ ކެޓް ޝެލްޓާއަށް ހޯދަން އިއުލާނުކޮށްފައިވާ ވެޓެރިނަރީ ޑޮކްޓަރުގެ މުސާރައަކީ 35،000ރ. ކަމަށެވެ. އަދި ވެޓެރިނަރީ ނަރުހުންގެ އަސާސީ މުސާރައަކީ 8،130ރ. ކަމަށާއި ސާވިސް އެލަވަންސްގެ ގޮތުގައި މަސައްކަތްކުރާ ކޮންމެ ދުވަހަކަށް 100ރ. ރުފިޔާ ކަނޑައަޅާފައިވާ އިރު، އިތުރު ގަޑީގައި މަސައްކަތް ކުރާނަމަ، މުސާރައިގެ 35 ޕަސެންޓް ލިބޭނެ ކަމަށެވެ.

ސިޓީ ކައުންސިލުން ބުނީ މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 29 އާ ހަމައަށް ކަމަށެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު 3025408 އާއި 7989840 ނަންބަރަށް ގުޅައިގެން ސާފު ކުރެވޭނެ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް