ފުރާޅުމައްޗަށް ވެއްޓުނީ ޖޭޒް ކެފޭއާ ޖެހިގެން ހުރި ގެޔަށް ހޮޅިދަނޑިއަކުން އަރަން އުޅުނު މީހެއް

Loading

Facebook
Twitter
WhatsApp

  ފުރާޅުމައްޗަށް ވެއްޓިފައި ވަނީ ޖޭޒް ކެފޭއާ ޖެހިގެން ހުރި ގެޔަށް ހޮޅިދަނޑިއަކުން އަރަން އުޅުނު މީހެއް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ.

ފުލުހުން ރޭ ބުނީ ޖޭޒް ކެފޭގެ ފުރާޅު މައްޗަށް މީހަކު ވެއްޓިގެން އުޅޭ ކަމަށް 11:14 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެމްއެންޑީއެފްގެ އެހީތެރިކަމާއެކު އެ މީހާ ނަގައިގެން އޭޑީކޭ އަށް ގެންގޮސްފައިވާ ކަމަަށް ފުލުހުން ބުނެފައި ވެއެވެ. ފުލުހުން ބުނީ އެއީ 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މިކަމަށް އިޝާރާތްކޮށް މިއަދު ހެނދުނު ފުލުހުން ބުނީ މި ހާދިސާގައި ޖޭޒް ކެފޭގެ ފުރާޅުމައްޗަށް ވެއްޓިފައި ވަނީ އެ ކެފޭއާ ޖެހިގެން ހުރި ގެޔަށް ހޮޅިދަނޑިއަކުން އަރަން އުޅުނު މީހެއް ކަމަށެވެ.

އަދި އޭނާ އަށް މިހާރު އިތުރު ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ބަދަލުކުރެވިފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް