ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ވިއްކާ ބިމުގެ އަގު ކުޑަކޮށްފި

Loading

Facebook
Twitter
WhatsApp

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ވިއްކަން އިއުލާނުކުރި ބިމުގެ ބޮޑުމިނާއި އަގު ކުޑަކޮށް، އަލުން އިއުލާންކޮށްފިއެވެ.

ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ބިން ގަންނަ ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 5،500 ރުފިޔާކަމަށެވެ.

އެ ކޯޕަރޭޝަނުން މީގެ ކުރިން ކުރި އިއުލާނުގައިވާގޮތުން ބީލަން ފެށޭނީ އަކަފޫޓަކަށް 7،500 ރުފިޔާއިންނެވެ. އަދި އޭރު ވިއްކަން އިއުލާނުކުރި ބިމުގެ ސައިޒުވެސް ވަނީ ކުޑަކޮށްފައެވެ. އެގޮތުން މިހާރު އިއުލާނުކޮށްފައި ވަނީ 1،515 އަކަފޫޓުގެ ހަތަރު ބިމާއި 1،538 އަކަފޫޓުގެ 12 ބިން ވިއްކުމަށެވެ.

މި ބީލަމުގައި ބައިވެރިވެވެނީ ހަމައެކަނި ދިވެހިންނަށް ކަމަށާއި އޭގެ ތެރޭގައި %100 ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ވެސް ބައިވެރިވެވޭނެ ކަމަށް އެޗްޑީސީން ހާމަކުރެއެވެ. 

އެޗްޑީސީން ވަނީ އެ ކޯޕަރޭޝަނުގެ ޕޯޓަލްގައި ރަޖިސްޓްރީ ކޮށްގެން މި ބިންތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް