މަރުގެ ހުކުމް ތަންފީޒު ކުުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ހާމަކޮށްފި

Loading

October 22, 2024
sandhaanu news
Facebook
Twitter
WhatsApp

މި ސަރުކާރުން ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމަށް ތައްޔާރުވަމުން އަންނަކަން ހާމަކޮށްފިއެވެ.

މިކަންހާމަކޮށްފައި ވަނީ ދާޚިލީ ވުޒާރާއިން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އަލީ އިހްސާންއެވެ.

 އިހްސާން ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމުގެ ޔަގީންކަންދޭން ކެރިދާނެ ކަމަށާއި އިއުލާނު ކުރައްވާފައި ވާގޮތަށް އެ ކަން ދިވެހި ރާއްޖޭގައި ކުރާނެ ކަމަށެވެ.

ހަމައެހެންމެ މިހާރު ކުރިއަށްދަނީ ތައްޔާރުވާންޖެހޭ އުސޫލުތަކަކާއި ގަވާއިދު ތަކަށް ކަމަށް އިހްސާން ވިދާޅުވިއެވެ. އެގޮތުން އެކަމަށް ބޭނުންވާ ތަނާއި މީހުން ތަމްރީނު ކުރުމުގެ މަަސައްކަތް މިހާރު ކުރިއަށް ދާކަމަށް އިހްސާން ވިދާޅުވިއެވެ.

މީގެ އިތުރުން މަރުގެ އަދަބު ތަންފީޒު ކުރަން ބަލަންޖެހޭ މިންގަނޑުތަކެއް ހުންނަ ކަމަށާއި ބައިނަލްއަޤްވާމީ ހުރިހާ ތަނެއްގައި ވެސް އެފަދަ މިންގަނޑުތަކެއް ހުންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މަރުގެ އަދަބު ރާއްޖޭގައި ތަންފީޒު ކުރުމުގެ ވާހަކަ މީގެ ކުރީގެ ސަރުކާރުތަކުން ވެސް ދައްކާފައި ވެއެވެ. ޚާއްސަކޮށް އުމަރު ނަސީރު ހޯމް މިނިސްޓަރުކަމުގައި ހުންނެވި އިރު އެ ހުކުމް ތަނފީޒު ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާފައި ވެއެވެ. ނަމަވެސް އެކަމަށް އަމަލީ ސިފައެއް އައިސްފައެއް ނުވެއެވެ.

Loading

One Response

  1. ތިކަމެއް ނުވާނެ މިގައުމަކު، ކޮންމެވެސް އދ ކު ނޫންނަމަ ހރކ އަކު އަޅައިގަނެގެން ކުރިއަށް ނުދެވި ހުއްޓިފައި ޢޮންނާނީ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް