އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަދި ފުލުހުންގެ ތަރުޖަމާނުގެ މަޤާމުގައި ހުންނެވި އަޙްމަދު ޝިފާންގެ މަޤާމު ބަދަލުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ފުލުހުންގެ އިދާރާގެ ހިންގުމުގެ އޮނިގަނޑަށް އަބަދުވެސް ދަނީ ބަދަލު ގެންނަމުން ކަމަށާއި އެގޮތުން ހެޑް އޮފް ސާވިސް ޑިވަލޮޕަމެންޓް ޑިރެކްޓަރޭޓްގެ މަގާމަށް ޝިފާން ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން، ފުލުހުން ބުނީ ހެޑް އޮފް އޮފީސް ކޮމިޝަނާގެ މަޤާމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މޫސާ އަލީ އަައްޔަން ކުރައްވާފައިވާ ކަމަށެވެ.