ޗައިނާގެ އެގްޒިމް ބޭންކުން 75 މިލިއަން ޑޮލަރުގެ ލޯނެއް ސަރުކާރުން ނަގައިފި

Loading

October 22, 2024
sandhaanu news
Facebook
Twitter
WhatsApp

ޗައިނާގެ އެގްޒިމް ބޭންކުން 75 މިލިއަން ޑޮލަރުގެ ލޯނެއް ސަރުކާރުން ނަގައިފިއެވެ.

ދިވެހި ސަރުކާރުން މި ލޯނު ނަގާފައި ވަނީ އެ ބޭންކުން 2015 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ޕްރޮޖެކްޓަށް ނެގި ލޯނުން ބައެއް އަނބުރާ ދެއްކުމަށެވެ.

އަލަށްނެގި 75 މިލިއަން ޑޮލަރުގެ ލޯނު ހަ އަހަރުގެ ތެރޭގައި އަނބުރާ ދައްކަން ޖެހޭއިރު އިންޓަރެސްޓާއެކު ގްރޭސް ޕީރިއަޑްގެ ގޮތުގައި 3 އަހަރު ލިބޭނެއެވެ.2030 ވަނަ އަހަރު މި ލޯނު އަނބުރާ ދައްކާ ނިންމާއިރު މުޅިޖުމްލަ ދައްކަން ޖެހެނީ 78 މިލިއަން ޑޮލަރެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް