ޕާކިސްތާންގައި ޕޯލިއޯ ފެތުރެނީ

Loading

Facebook
Twitter
WhatsApp

ޕާކިސްތާނުން ޕޯލިއޯ ޖެހިފައިވާ އިތުރު ހަކުދިން ފެނިފައިވާ ކަމަށް އެގައުމުގެ ސިއްހީ އިދާރާތަކުން ކަށަވަރު ކޮށްދީފިއެވެ. މިއާއެކު ބަލިޖެހުނުކަން މިއަހަރު ހާމަވެފައިވާ ކުދިންގެ އަދަދު މިވަނީ 39އަށް އަރާފައެވެ.


އަލަށް ފެނުނު ޕޯލިއޯވައިރަސް ޓައިޕް ވަންގެ ކޭސްތައް ފެނިފައިވަނީ ބަލޮޗިސްތާނުން 3ކޭސް،ސިންދު ޕްރޮވިސްސުން 2ކޭސް އަދި ޚައިބަރު ޕަޚްތުންޚުވާއިން އެއްކޭހެވެ.
ޕޯލިއޯއަކީ އެބަލިޖެހުން ކުދިންގެ ފައިކޮޅުގެ ވާގިނެތޭ ބައްޔަކަށް ވާއިރު،ބަލިނައްތާލުމަށް އަމާޒުކޮށް މުޅިދުނިޔޭގައި ހިންގުނު ވަރުގަދަ ވެކްސިނޭޝަން ޕްރޮގްރާމް ގެ ސަބަބުން ބަލީ އޮތީ މުޅިންހެން ނައްތާލެވިފައެވެ.
ނަމަވެސް ފަހަކަށް އައިސް ޕާކިސްތާން އަދި އަފްޣާނިސްތާނުން އަންނަނީ ފާހަގަ ކޮށްލެވޭ ވަރަށް ޕޯލިއޯ ބަލީގެ ކޭސްތައް ފެންނަމުންނެވެ.ޕޯލިއޯ އަކީ ފަރުވާއެއްހޯދިފައިވާ ބައްޔެއް ނޫނެވެ. އަދި ބަލީގެ ސަބަބުން ދެފައިން ވާގިނެތޭ ނެތުންވެސް ރަގަޅެއް ނުކުރެވެއެވެ.
ޕާކިސްތާނުން ޕޯލިއޯގެ އައު ކޭސްތައް ފެންނަމުން ދާތީ ސަރުކާރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޕޯލިއޯ ނައްތާލުމުގެ މަސައްކަތާ ހަވާލުވެ ހުންނެވި ޕްރިމިސްޓަރުގެ ފޯކަލް ޕާސަން އައިޝާ ރަޒާ ފާރޫގް ވިދާޅުވީ މިއީ ހުރިހާ ބެލެނިވެރިންނާ މުޖްތަމައު ތަކަށް ”ވޭކް-އަޕް-ކޯލް“އަކަށް ވާންޖެހޭ ކަމެއް ކަމުގައެވެ.އޭނާ ފާހަގަ ކުރެއްވި ގޮތުގައި ފެންނަ ކޮންމެ ކޭސް އަކަށް ނުފެންނަ އެތައް ސަތޭކަ ކޭސް ވާނެއެވެ.އަދި މިހުރިހާކުދިންގެ ފުށުން ދާނީ މުޖްތަމައުތަކުގެ ތެރޭގައި ބަލީގެ ވައިރަސް ފެތުރެމުންނެވެ.
ޕާކިސްތާނުން އެންމެ ގިނައިން ޕޯލިއޯ ބަލި ފެންނަ ބަލޮޗިސްތާން ޕްރޮވިންސުން މިއަހަރު މިހާތަނަށް 20 ކޭސް ފެނިފައިވާއިރު ދެވަނަޔަށް އެންމެ ގިނައިން ބަލިފެނުނު ސިންދު ޕްރޮވިންސުން 12 ކޭސް ފެނިފައި ވެއެވެ.މީގެ އިތުރުން ޚައިބަރު ޕަޚްތުންޚުވާ އިން ފަސްކޭސް އަދި ޕަންޖާބް އަދި އިސްލާމް އާބާދުންވެސް ކޮންމެ ތާކުން އެއްކޭސް ފެނިފައި ވެއެވެ.
ޕާކިސްތާންގައި ހަރަކާތްތެރިވާ ޔުނިސެފްގެ ޕޯލިއޯ ޓީމްގެ ޗީފް ބުނެފައިވާ ގޮތުގައި ޕޯލިއޯ ބަލިފެތުރެން ދިމާވަނީ މީހުން އަވަސްއަވަހަށް އެއްތަނުން އަނެއްތަނަށް ބަދަލުވާތީއާއި،ބަލިފެތުރޭ ހިސާބުތަކުގައި ފުދޭވަރަށް ސެކިއުރިޓީ ނުދެވޭތީ އެވެ. މީގެ އިތުރުން ވެކްސިން ދިނުމަށް ސީދާ ދެކޮޅުހަދާ މީހުން އަދިވެސް އުޅޭތީވެސް ބަލިޖެހޭ މިންވަރު އިތުރުވާ ކަމުގައެވެ.
ޕޯލިއޯ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ޕާކިސްތާންގައި އެގައުމުގެ 45 މިލިއަން ކުޑަކުދިންނަށް އަމާޒުކޮށްގެން ޚާއްސަ ވެކްސިނޭޝަން ކެމްޕެއިނެއް މިމަހުގެ 28ވަނަ ދުވަހު ފަށާގޮތަށް ވަނީ ހަމަޖެހިފައެވެ. ޕާކިސްތާންގެ މުޅި އާބާދީ 240 މިލިއަނަށްވުރެ އިތުރު އިރު،މިފަހުން ބަލި ފެންނަން ފެށުމުގެ ކުރިން އައީ ފެންނަ ކޭސްތައް ވަރަށް ބޮޑަށް މަދު ވަމުންނެވެ.
ޑަބްލިއު އެޗްއޯ އިން ޔަގީން ކޮށްދީފައިވާ ގޮތުގައި އަފްޢާނިސްތާނުންވެސް މިއަހަރު ޕޯލިއޯގެ 18 ކޭސްފެނިފައި ވެއެވެ.މިހުރިހާ ކޭސް ފެނިފައިވަނީ އެގައުމުގެ ދެކުނުގެ ހިސާބުތަކުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް