ފަލަސްޠީނާއި ލުބްނާނުގައި ހިނގަމުންދާ ހަނގުރާމަ ވަގުތުން ހުއްޓުވަން ޖެހޭ:ޑރ.ޝަހީމް

Loading

October 21, 2024
sandhaanu news
Facebook
Twitter
WhatsApp

ފަލަސްޠީނާއި ލުބްނާނުގައި ހިނގަމުންދާ ހަނގުރާމަ ވަގުތުން ހުއްޓުވާ އިންސާނީ އެހީތެރިކަން ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން އަވަސް ކުރެއްވުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުއަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފިއެވެ.

ޑރ.ޝަހީމް ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފަލަސްޠީނާއި އިޒްރޭލާއި ދެމެދު ކުރަމުން އަންނަ ހަނގުރާމަ ހުއްޓުވައި މެދުއިރުމައްޗަށް ޞުލްޙަ ގެނައުމަކީ އެތައް ބައެއްގެ ފުރާނަ ސަލާމަތްވުމުގެ އުއްމީދު ކަމަށާއި އެކަމަށްޓަކައި ބައިނަލްއަޤުވާމީ މުޖުތަމަޢުން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން އިސްތިޢުމާރީ ބާރުތަކުން ފަލަޞްޠީނު މިނިވަންކޮށް ދައުލަތް ޤާއިމު ކުރުމަށް އެ ޤައުމުގެ ރައްޔިތުން ކުރަމުންދާ މަސައްކަތުގައި ބައިވެރިވުމުގެ ގޮތުން، އިސްލާމީ އަޚުލާޤީ ޙުދޫދުގެ ތެރޭގައި ތިބެ، އަޑު އުފުލައި ވަކާލާތު ކުރުމާއި ފަލަޞްޠީނުގެ ރައްޔިތުންނަށް އިންސާނީ ގޮތުން އެހީތެރިވުމާއި ހެޔޮ ދުޢާކުރުމަކީ މުސްލިމުން ކުރަންޖެހޭނެ ކަމެއް ކަމަށް ވަޒީރު ވަނީ ގޮވާލައްވާފައެވެ.

ހަމައެހެންމެ ފަސްޠީނުގެ ރައްޔިތުންނަށް އިންސާނީ ގޮތުން އެހީތެރިވުމާއި ހެޔޮ ދުޢާ ކުރުމަކީ މުސްލިމުން ކުރަން ޖެހޭނެ ކަމެއް ކަަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ ވިދާޅުވެފައެވެ.

Loading

2 Responses

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް