ފައިސާގެ އިނާމު ލިބޭގޮތަށް މީރާއިން ކުރެހުމުގެ މުބާރާތެއް ބާއްވަނީ

Loading

October 20, 2024
sandhaanu news
Facebook
Twitter
WhatsApp

ފައިސާގެ އިނާމު ލިބޭގޮތަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކުރެހުމުގެ މުބާރާތެއް ބާއްވަން ހުޅުވާލައިފިއެވެ.

މި މުބާރާތުގެ މަޢުލޫއަކީ ”ޤައުމު ބިނާ ކުރުމުގައި ޓެކްސްގެ ދައުރު“ އެވެ.

އެގޮތުން ”ގުޅިގެން މީރާ“ އިނީޝިއޭޓިވްގެ ދަށުން ކުރިއަށް ގެންދާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އެ އިދާރާއިން ހުޅުވާލާފައިވަނީ މި މަހުގެ ނިޔަލަށެވެ.

ތިން އުމުރުފުރައަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި 13 އަހަރާއި 15 އަހަރާ ދެމެދާއި، 16 އަހަރާއި 18 އަހަރާއި ދެމެދު އަދި 18 އަހަރުން މަތީގެ އުމުރުފުރާ ހިމެނެއެވެ.

މިގޮތުން މި މުބާރާތުގެ ކޮންމެ އުމުރުފުރައަކުން އެއްވަނަ ހޯދާ ފަރާތަކަށް 5،000 ރުފިޔާގެ އިނާމު، ދެވަނަ ހޯދާ ފަރާތަަކަށް 3،500 ރުފިޔާގެ އިނާމު އަދި ތިންވަނަ ހޯދާ ފަރާތަކަށް 2،000 ރުފިޔާގެ ފައިސާ އިނާމު ދިނުމަށް ނިންމާފައިވާ ކަމަށް މީރާއިން ހާމަކުރެއެވެ.

މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުގެ ތެރެއިން މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތައް މީރާގެ ހެޑް އޮފީހަށް ކުރެހުންތައް ހުށަހެޅޭނެ ކަމަށާއި އަދި ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކުން އެ ރަށެއްގެ މީރާގެ ކަލެކްޝަން ސެންޓަރަށް ހުށަހެޅޭނެ ކަމަށް އެ އިދާރާއިން ހާމަކުރެއެވެ. 

Loading

One Response

  1. މީރާކަހަލަ މުއްސަނދި ތަނަކުން ތިޔަ ދެއްވަނީ މީހުންގެ ޝައުގުވެރިކަންވެސް ގެއްލޭކަހަލަ ފަގީރު އިނާމެކެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް