ރައީސް މުޢިއްޒު، އިންޑޮނޭޝިއާގެ އައު ރައީސް ޕްރަބޯވޯ އަށް މަރުޙަބާ ވިދާޅުވެއްޖެ

Loading

October 20, 2024
sandhaanu news
Facebook
Twitter
WhatsApp

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިންޑޮނޭޝިއާގެ އައު ރައީސް ޕްރަބޯވޯ ސުބިއަންތޯއަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.

ރައީސް ސުބިއަންތޯއަށް މަރުޙަބާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، އެ މަނިކުފާނުގެ ކުރިއަށް އޮތް ދައުރުގައި ތަރައްޤީގެ އައު ހަރުފަތްތަކެއް ގިރާކުރެވި ސުލްޙަ މަސަލަސްކަން ގާއިމުކޮށް ދެމެހެއްޓޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮތް ކަމަށް ވަނީ ވިދާޅުވެފައެވެ.އަދި ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައި ވެއެވެ.

ދިވެހިރާއްޖެއާއި އިންޑޮނޭޝިއާއާ ދެމެދު އޮތް ރަޙްމަތްތެރިކަމުގެ ގުޅުން ދެމެހެއްޓުމަށް އިންޑޮނޭޝިއާ ސަރުކާރާއެކު މަސައްކަތް ކުރެއްވުމަށް އުންމީދު ކުރައްވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ވިދާޅުވެފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅު ނިންމަވާލައްވާފައި ވަނީ ރައީސް ސުބިއަންތޯއަށް ދުޅަހެޔޮ ސިއްޙަތަކަށް އެދިވަޑައިގެން، އިންޑޮނޭޝިއާގެ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް