ރާއްޖޭގެ ޒަކާތު ހައުސްގެ މުވައްޒަފުން ތަމްރީނު ކުރަން މެލޭޝިޔާގެ ޔުނިވަރސިޓީއަކާއެކު އެއްބަސްވެއްޖެ

Loading

October 20, 2024
sandhaanu news
Facebook
Twitter
WhatsApp

ރާއްޖޭގެ ޒަކާތު ހައުސްގެ މުވައްޒަފުން ތަމްރީނު ކުރަން މެލޭޝިޔާގެ ޔުނިވަރސިޓީއަކާއެކު އެއްބަސްވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްއާއި އިންސިފް ޔުނިވަރސިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
އެގޮތުން މި އެއްބަސްވުމަކީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަށް ފަންނީ އެހީތެރިކަން ހޯދުމާއި މުވައްޒަފުން ތަމްރީނު ކުރުމާއި އިސްްލާމީ އިޤުތިޞާދު ކުރިއެރުވުމަށް ދެފަރާތުގެ ދެމެދުގައި ކުރެވުނު އެއްބަސްވުމެއް ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ޒަކާތު ހައުސްގެ ފަރާތުން ސޮއިކުރެއްވީ ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އުސްތާޛު އިއްޒައްދީން ޢަދްނާން އެވެ. މެލޭޝިޔާގެ އިންސިފް ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ޕްރޮފެސަރ ޑރ ޢައިޝަތު މުނީޒާއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް