އިސްރާއީލުން އީރާނަށް ދޭނެ ރައްދު ހަމަލާގެ ހުރިހާ ތަފްސީލެއް އެނގިވަޑައިގަންނަވާ ކަމަށާއި އެކަމަކު އެވާހަކަ ނުބުނާނެ ކަމަށް އިއްޔެ ނޫސްވެރިން ސުވާލުކުރުމުން ރައީސް ބައިޑްން ޖަވާބު ދެއްވައިފިއެވެ. ބުލޫމްބާރގުން މި ޚަބަރު ދީފައިވަނީ ރޭގެ ވަގުތެއްގައެވެ.
ނޫސްވެރިން ރައީސް ބައިޑްން އަރިހުގައި އެތައްފަހަރަކު އެ ސުވާލު ދެންނެވުމުންވެސް ޖަވާބު ދެއްވީ “ އާއެކޭ އަދިވެސް އާއެކޭ އަހަރެންނަށް ހުރިހާ ތަފްސީލެއް އެނގެޔޭ އެކަމަކު ނުބުނާނަމޭ އަދިވެސް މި ބުނަނީ ހަމަ ނުބުނާނަމޭ “ މިހެންނެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބުނެފައި ވަނީ ވަރަށް ހިތިގޮތަކަށް އީރާނަށް ހަމަލާ ދޭނެ ކަމަށެވެ.
އިސްރާއީލާއި އެމެރިކާ އަދި ހުޅަނގުގެ ބައިވެރިން ބުނަމުން ގެންދަނީ އީރާނުން އިސްރާއީލަށް ހަމަލާދިނީ ހަމާސްގެ ލީޑަރ އިސްމާއީލް ހަނިއްޔާ އީރާނުގައި ހުންނަވަނިކޮށް އިސްރާއީލުން އެމަނިކުފާނު ޝަހީދު ކޮށްލުމުގެ ބަދަލު ހިފުމުގެ ގޮތުން ކަމަށެވެ. އެހެންނަމަވެސް އީރާނުން ބުނަމުންގެންދަނީ އީރާނުގެ ހަމަލާއަކީ ދިމިޝްގުގައި ހުންނަ އީރާނުގެ ސަފީރު އޮފީހަށް އިސްރާއީލުން ހަމަލާދީ އީރާނުގެ އިސް ބޭފުޅުންތަކެއް ޝަހީދުކޮށްލުމުން އޭގެ ބަދަލު ހިފުމަށް ކަމަށެވެ. މިއީ މިބާވަތުގެ މައްސަލަތަކުގައި ޑިޕްލޯމެޓިކް ބަސްމަގު ބޭނުންކުރަންޖެހޭ އުސޫލު ކަމަށްވުން އެކަށީގެން ވެއެވެ.
ރައީސް ބައިޑްން ޖަރުމަނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި އިއްޔެ ބާރލިންގައި ހުންނަވާފައި ނޫސްވެރިންނަށް ވިދާޅުވީ މެދުއިރުމަތީގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި އިސްރާއީލާއި އީރާނާ ދޭތެރޭ ކަންތައްކުރަންވީގޮތް މިހާރު އެނގިވަޑައިގެންފި ކަމަށާއި އެކަމަކު އެވާހަކަވެސް ނުބުނާނެ ކަމަށެވެ.
ރައީސް ބައިޑްންގެ ވާހަކަ ފުޅުގައި ވިދާޅުވީ އިސްރާއީލުން އެންމެ ބޮޑަށް ފާރަލަމުންގެންދިޔަ ހަމާސްގެ ލީޑަރ ޔަހްޔާ ސިންވާރު މިހާރު ޝަހީދުކޮށްލެވިފައި ވުމާއެކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އިތުރު އުންމީދެއް ލިބިއްޖެ ކަމަށެވެ.
މިނިވަން މީޑިއާތަކަށް ޚަބަރު ސިއްރުކުރުމަކީ މިޒަމާނުގައި ކުރުން ފަސޭހަ ކަމަކަށް ނުވާނެކަން އަނެއްކާވެސް ދަ ޓެލިގްރާފުން ސާބިތުކޮށްދީފިއެވެ. ރައީސްބައިޑްން ނުބުނަން އުޅުނު އިސްރާއީލުން އީރާނަށް ހަމަލާދިނުމުގެ ތަފްސީލުތައް ދަ ޓެލިގްރާފުން ކޮންމެވެސް ތަނަކުން ދަމައިގެންފިއެވެ. ދަ ޓެލިގްރާފަށް އެ ލިއެކިއުންތައް ލިބިފައިވަނީ މިޑްލް އީސްޓް ސްޕެކްޓޭޓަރުން ކަމަށް ދަ ޓެލިގްރާފުން ބުނެފައި ވެއެވެ. މިޑްލް އީސްޓް ސްޕެކްޓޭޓަރަކީ އެއްވެސް ސަރުކާރަކާ ގުޅުމެއް ނޯންނަ މިނިވަން ވަސީލަތެއް ކަމަށާއި އިސްރާއީލުގެ ރޭވުން ލިބިފައިވަނީ ޓެލިގްރާމްގެ ޒަރީއާއިން ވަރަށް ޚާއްސަ ރިސޯސަސް އަކުން ކަމަށް ބުނެފައި ވެއެވެ. އެއީ އީރާނަށް ހަމަލާ ދިނުމުގެ ރޭވުންތައް ކުރިއަށް ގެންދާނެގޮތުގެ ތަފްސީލު ހިމެނޭ އެމެރިކާގެ ވަރަށް ސިއްރު 2 ޑޮކިއުމެންޓެކެވެ. ލީކްވެފައިވާކަމަށްބުނާ 2 ޑޮކިއުމެންޓާ ބެހޭ ގޮތުން އެމެރިކާއިން އަދި އިސްރާއީލުންވެސް ވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ. އެގްޒިއޯނުން ބުނެފައިވަނީ ލީކުވެފައިވާ 2 ޑޮކިއުމެންޓުގެ ސައްހަ ކަމާދޭތެރޭވެސް އެ ދެ ގައުމުން ވާހަކަ ދައްކަން ބޭނުން ނުވާކަމަށެވެ.
ލީކްވެގެން އުޅޭ 2 ޑޮކިއުމެންޓާ ގުޅޭގޮތުން ބިޒްނަސް އިންސައިޑަރުން އެމެރިކާގެ ދިފާއީ ވުޒާރާއަށް ސުވާލުކުރުމުން ޖަވާބު ދޭނެ ބޭނުމެއް ނުވިއެވެ.
ސައިރަކިއުސް ޔުނިވަރސިޓީގެ ޚާރިޖީ ސިޔާސަތާއި ގައުމީ ސަލާމަތާބެހޭ ސިޔާސަތުގެ ފުންނާބުއުސް ތަޖްރިބާކާރު ސީން މެކްފޭޓް ބުނެފައިވަނީ އީރާނަށް ހަމަލާ ދިނުމުގެ އެންމެ ފަހުގެ ތައްޔާރީ ތަކާބެހޭގޮތުން އިސްރާއީލުގެ ވެރިން މިހާރު މަޝްވަރާކުރަމުން ގެންދާކަމަށެވެ. އަދި އެމެރިކާ ސަރުކާރުގެ ހުރިހާ އިސްބޭފުޅުންނަކީ އީރާނާ ދެކޮޅު ބަޔަކު ކަމުގައިވެސް ބަލައިގެން ނުވާނެކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި ފަހަކަށް އައިސް މެދުވެރިވެފައިވާ ބައެއް ފުށޫ އެރުންތަކާހުރެ ރައީސް ބައިޑްން އާއި ނަތަންޔާހޫއާ ދޭތެރޭގައިވެސް ކޮންމެވެސް ވަރެއްގެ ނުތަވަސް ކަމެއް ވަނީ އުފެދިފައެވެ.
ލީކްވެފައިވާ ލިއެކިއުންތަކުގެ ހައްސާސް ކަމާހުރެ އެ ލިއެ ކިއުންތަކުގެ ތަފްސީލު އާންމު މީޑިއާތަކަށް ތިލަކޮށްލަން ދަ ޓެލިގްރާފުން ބޭނުމެއް ނުވެއެވެ. އެކަމަކު އެނގެންޖެހޭ ފަރާތްތަކަށް މިހާރު އޮންނާނީ ލިބިފައިކަމަށް ބެލެވިދާނެއެވެ.
3 Responses
އިޒްރޭލުން އެހިންގާ ޖަރީމާތަކަކީ ސީދާ އެމެރިކާގެ ބޭނުމަށް ނަތަންޔާހޫ ލައްވާ ހިންގުވާ ޖަރީމާ ތަކެކެވެ. އެ ނޫންނަމަ އެމެރިކާގެ ގިނަ ރައްޔަތުންވެސް ބޭނުމެއްނުވާ ދެކޮޅު ހަދަމުން ގެންދާ އެފަދަ ފަނާކުރުމެއްގައި ކިއްވެތޯ އެމެރިކާގެ ސަރުކާރުން އެ މަރުދެނީ ފަލަސްތީނު ފަނާކޮށް ނަސްލެއް ނައްތާލަން.
އެމެރިކާ އިން ހަތިޔާރު ދީގެން އެމެރިކާގެ މެރީން، ސިފައިން ފޮނުވައިގެން އެހެންވެ އެ އުޅެނީ ހޭބޯނަރާ އެކަމުގައި. އެހެންވީމާ ޢެމެރިކާއިން ހިންގާ ޖަރީމާތައް އެމެރިކާއަށް ނޭނގި އޮންނާނެތޯ؟ ދުނިޔޭގައި ހިންގާ ބޮޑެތި ޖަރީމާތަކުގެ އައްޕަ އެމެރިކާ ތިއީ!
އަހަރެމެން ކުޑައިރު އެކުގައި ކުޅޭ ކުދިންނާއެކެު މިކަހަލަ ވާހަކަ ދައްކަމެވެ. މިކަލޭގެވެސް އިހާރު ދިހަ އަހަރުގެ އުމުރު ފުރާއަށް ވެއްޓުނީ ބާވައެވެ.
މުހަންމަދު މޫސާ…..އަރަބިން އަތުގައި ހާދަ ބައިވަރު ތެލަކާއި ގޭހެއް އެބައޮތޭ….