އީރާނުން ބޯޑަރު ފާރުތައް ހަދަން ފަށައިފި

Loading

October 20, 2024
sandhaanu news
Facebook
Twitter
WhatsApp

އީރާނުގެ އިރުމަތީ ބޯޑަރުގައި ބޯޑަރު ފާރުތައް އަޅަން ފަށައިފި އެވެ.

މިކަންހާމަކޮށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް އީރާނުން އިރުމަތީ ބޯޑަރު ހުރަސްކޮށް ފާރު ހަދަން ފަށާފައިވާ ކަމަށް އިސްލާމިކް ރިޕަބްލިކްގެ ބޯޑަ ގާޑް ޕޮލިސްގެ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް އަހުމަދު އަލީ ގައުދަރުޒީ ވަނީ ވިދާޅުވެފައެވެ.

އަހުމަދު އަލީ ގައުދަރުޒީ މިއަދު ވިދާޅުވީ މި ފާރު އިމާރާތް ކުރުމުގެ މަގުސަދަކީ ތެލާއި މުދަލާއި ޚާއްސަކޮށް މަސްތުވާތަކެތި އެތެރެ ކުރުން ހުއްޓުވުން ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް އުޅޭ މީހުންގެ މައްސަލަ ވެސް ހައްލު ކުރުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި މަޝްރޫއުގެ އިސްކަމެއް ދޭނީ އަފްޣާނިސްތާނާއި ޕާކިސްތާނުގެ ބޯޑަރު ރައްކާތެރި ކުރުމަށް ކަމަށެވެ.

ހަމައެހެންމެ ސަލާމަތީ އަދި އަސްކަރީ އެސެސްމަންޓްތަކަށް ބަލާއިރު އެންމެ މުހިންމު ސަރަހައްދުތަކަކީ ޕާކިސްތާނާއި އަފްޣާނިސްތާނުގެ ބޯޑަރލައިންސް ކަމަށާއި އެއީ އީރާނަށް މަސްތުވާތަކެތީގެ ވިޔަފާރި %80 ހިއްސާކުރާ ސަރަހައްދުތަކެއް ކަމަށް ޖެނެރަލް ގައުދާޒީ ވިދާޅުވި އެވެ.

މިގޮތުން ބޯޑަރު ފާރުތައް އެޅުމުގެ މަސައްކަތް މިހާރު ވަނީ ދެކުނު ސިސްތާނާއި ބަލޫޗެސްތާނާއި ޚުރާސާން ރަޒާވީ ޕްރޮވިންސްތަކުގައި ފަށާފައިވާ ކަމަށާއި ދެން އޮތް މަރުހަލާ އިލާމް، ކުރުދީސްތާން އަދި ހުޅަނގު އަޒަރުބައިޖާން ޕްރޮވިންސްތަށް ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އިރާންގެ ކޮމާންޑަރު ވިދާޅުވީ މި މަޝްރޫއަށް މިހާރު ވަނީ ފައިސާ ހަމަޖެހިފައި ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަމުން ދަނީ ކޮންސްޓްރަކްޝަން ސައިޓްތަކުގައި ސާމާނު ބެހެއްޓުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް