ކާފަގެ ހަޔާތުން ދަސްވި އެންމެ ބޮޑުފިލާވަޅު

Loading

Facebook
Twitter
WhatsApp

އެއްދުވަހަކު ދިހަބާރަ އަހަރަށްދާވަރުގެ ފިރިހެން ކުއްޖަކު އޭނާގެ ކާފަ ކައިރީ އެހިއެވެ.

”ކާފަގެ ހަޔާތުން ދަސްވި އެންމެ ބޮޑުފިލާވަޅަކީ ކޮބައިތޯއެވެ؟“ މިހެން އެހުމުން ކާފަ އިރުކޮޅަކު ވިސްނާލަން އިނުމަށްފަހު ބުންޏެވެ.

”މިވަގުތު މީނީ ކަމަކާ ވަރަށް ބޮޑަށް ކަންތައް ބޮޑުވެ ހާސްވެފައެވެ.މިވަގުތު ވާހަކަ ދައްކާ މޫޑެއް ނެތެވެ.“

މިއާއެކު ކުއްޖާ ސުވާލު ކުރިއެވެ. ”އެއީ ކޮންކަމަކާ ތޯއެވެ؟“ ކާފަ ޖަވާބުގައި ބުންޏެވެ. ”ކާފަ ގެންގުޅޭ ގެރި ބަނޑު ބޮޑުވެ ވިހަން ބަނޑުގަ ރިއްސާތާ ވިހި ގަޑިއިރުވަނީއެވެ.އަދިވެސް ނުވިހައެވެ. ގެރި އެހާ ވޭނުގަ އުޅޭތަން ބަލަން ކާފަގެ ހިތަކަށް ކެތެއް ނުވެއެވެ.އަނެއްކާ އޭތީ އެހާ ވޭނުގަ އުޅެފަ ނުވިހާ މަރުވެސް ވެދާނެއެވެ.އެކަމާވެސް ކާފަ މިއިންނަނީ ވަރަށް ކަންތައް ބޮޑުވެފައެވެ.“

މިހެން ބުނުމުން ކުއްޖާ ވަރަށް ހާސްވެއްޖެއެވެ.އަދި ބުންޏެވެ.“ދެން އަޅުގަނޑުމެންނަށް ކުރެވޭނީ ކޮންކަމެއް ތޯއެވެ؟“ ކާފަ ޖަވާބުގައި ބުންޏެވެ.“ކުރެވޭނެ ކަމެއް އެއްގޮތަކަށްވެސް ކާފަޔަކަށް ނޭނގެއެވެ. ކާފަ މިއަދު މިވަނީ މުސްކުޅިވެ ވަރަށް ގައިގެ ބާރުވެސް ދެރަވެފައެވެ. އެހެންވެ މިއިންނަނީ ހަދާނެ ހަމަ އެއްގޮތެއްވެސް ނެތިފައެވެ. އެކަމަކު އެހެން މީހުންގެ ޚިޔާލު ހޯދާލައިފިނަމަ ގެރި މަރުނުވެ ސަލާމަތް ކުރެވިދާނެ ކަންނޭގެއެވެ.ދަރިފުޅަށް ހީވަނީ ކިހިނެއް ހެއްޔެވެ؟“

މިހެން ބުނުމުން ކުއްޖާ ފިކުރުބޮޑުވެ އިސްޖަހާލިއެވެ. އެވަގުތު ކާފަ ބުންޏެވެ.ދަރިފުޅު ނިކަން ކާފަޔަށް ކަމެއް ކޮށްދީބަލާށެވެ. މަގުމަތިން ދިމާވާ ދެތިން މީހެއްކައިރީ ލަފާ އަހާލަދީ ބަލާށެވެ. މަގުގަ ހިނގާލުމުން ދިމާވާ ތިން،ހަތަރު މީހުން ކައިރީ ބުނާށެވެ.މިއުޅެނީ ވަރަށް ބޮޑުކަމެއް ދިމާވެގެންނެވެ.އަޅުގަނޑުގެ ކާފަ ގެންގުޅުއްވާ ގެރި ބަނޑުބޮޑުވެ ވިހަންވީ ވަގުތު ޖެހިފައިވީނަމަވެސް އަދިވެސް މިއުޅެނީ ނުވިހައިގެންނެވެ.މިކަމުގައި ހަދަންވީ ގޮތެއް އިނގޭހެއްޔެވެ.މިހެން ބުނެ ސުވާލުކުރާށެވެ.

ކުއްޖާ އެވަގުތު ލައްބައޭ ކިޔާފަ ދުވެފަ ނިކުތެވެ. އަދި ބައިގަޑިއެއްހާއިރު ފަހުން ވަރަށް ވަރުބަލިވެހުރެ އެނބުރި އަތުވެއްޖެއެވެ. އަދި ބުންޏެވެ. ”ކާފަ ބުނުއްވި ގޮތަށް އަޅުގަނޑު ހަތަރު މީހުންނާ ސުވާކޮށްފީމެވެ. ފުރަތަމަ މީހާ ބުނީ އަވަހަށް ޖަނަވާރުންގެ ޑޮކްޓަރަށް ގުޅާށެވެ.އޭރުން ސަރޖަރީ ހަދާފަ ބަނޑުގަ އޮތް ކުޑަގެރި ނަގާނެ ކަމަށް އޭނާ ބުންޏެވެ.ދެވަނަ މީހާ ބުނީ ގެރި ގުދްރަތީ ގޮތުން އަމިއްލަޔަށް ވިހާތޯ ބަލަން އަދިވެސް ބާއްވަން ވީކަމުގައެވެ.އޭރުން ޖަނަވާރުންގެ ޑޮކްޓަރަށް ގުޅާކަށް ނުޖެހޭނެ ކަމަށް އޭނާ ބުންޏެވެ.“

ކާފަ ނިއްކުރިން ދާފުހެލުމަށްފަހު އެހިއެވެ.“ތިންވަނަ މިހާ ބުނީ ކީކޭ ހެއްޔެވެ؟“ ކުއްޖާ ޖަވާބުގައި ބުންޏެވެ. ”ތިންވަނަ މީހާބުނީ ގެރި ބަނޑުގައި ރިއްސާ ރިއްސާ މަރުނުވަނީސް އަވަހަށް ކަތިލާފަ މަސްތައް ވިއްކާލަން ވީކަމަށެވެ.އެހެނީ ގެރި ހަމަ އެންމެފަހުން މަރުވާނީނޫންތޯއޭ އޭނާ ބުންޏެވެ. ދެން ހަތަރުވަނަ މިހާ ބުނީ ކޮންމެވެސް މީހަކު ގެރި ކައިރިޔަށް ގޮސް ގެރިވިއްސަން މަސައްކަތް ކުރުމަށެވެ.“

ކާފަ ކުޑަކޮން ހީނލުމަށްފަހު ބުންޏެވެ. ”ކޮންމެ މީހަކުވެސް ދިނީ ތަފާތު ޚިޔާލެއް ދޯއެވެ.މަޖާކަމެކެވެ. ދަރިފުޅަށް ފެންނަނީ އެންމެ ރަންގަޅުވާނީ މިތަނުން ކޮންގޮތެއް ހެދިއްޔާ ހެއްޔެވެ؟ ކުއްޖާ ބޯކަހާލުމަށްފަހު ބުންޏެވެ. ”އަޅުގަނޑަށް މުޅިން އޮޅިއްޖެއެވެ. ހަދާފަ ނުހަދާނެ ގޮތެއް ހަމަ އެއްގޮތަކަށްވެސް ނޭގެއެވެ.“

ކާފަ ބުންޏެވެ. ”ދަރިފުޅު ކާފަޔާ ފުރަތަމަ އެސުވާލު ކުރުމުން ކާފަ ކުޑަކޮށް ހައިރާންވެސް ވިއެވެ.އަދި ހިތަށް އެރިއެވެ. ވާހަކައެއް ކިޔައިދޭގޮތަށް މިފިލާވަޅު ނަގާދިނުމުގެ ބަދަލުގައި ދަރިފުޅު އަމިއްލަޔަށް ބޮޑުކަމެއް ތަޖްރިބާ ކޮށްލުމުގެ ފުރުސަތު ދޭނީއެވެ. އެހެންވެ ކާފަގެ ގެރި ބަނޑުގައި ރިއްސާކަމަށް ބުނީއެވެ. ގެރި ބަނޑަކު ނުރިއްސައެވެ. މިހެން ހެދުމުން ދަރިފުޅަށް އަމިއްލަޔަށް ތިޔަވަނީ ބޮޑު ފިލާވަޅެއް ދަސްވެފައެވެ. ސީދާ އެއްކަމެއްގައި ވެސް އެކިމީހުންގެ ކިޔާލު ތަފާތު ވާނެކަމެވެ.“

”ކާފަޔަށްވެސް ދަސްވި އެންމެ ބޮޑު ފިލާވަޅަކީ ހަމަ އެއްކަމަކާމެދު އެކިމީހުން ތަފާތު ހިޔާލު ގެންގުޅޭ ކަމެވެ.އަހަރުމެން ދުނިޔޭގައި އުޅޭއިރު ދަސްކުރަންޖެހޭ ކަމަކީ އެންމެންގެ ހިޔާލުތަކަށްވެސް އިހުތިރާމް ކުރުމާއި އެކު އަހަރުމެންގެ އަމިއްލަ،ހުޅުވާލެވިފައިވާ ތަނަވަސް ބުއްދިން ރަނގަޅާ ނުބައި ވިސްނުމަށެވެ.“

”އަހަރުމެން ކޮންމެ މީހެއްގެ ހިޔާލުވެސް ތަފާތުވާނެއެވެ. އަދި އެހެން މީހުންގެ ހިޔާލު،ތިމާގެ އަމިއްލަ ހިޔާލާ ތަފާތުވުމުން އޭގެ މާނައަކީ އެހިޔާލުތައް އެއީ ގޯސް ހިލާލުތަކެއް ކަމުގައި ދެކެންވީކީ ނޫނެވެ.އެއީވެސް ހަމަ ރަނގަޅު ހިޔާލު ތަކެވެ. ގެރީގެ މިސާލުން ފެނުނު ގޮތަށެވެ. އެހެންވީމަ ހިޔާލު ތަފާތުވުމަކީ އެހެން މީހުންދެކެރުޅިއައިސް ތަޅާފޮޅާ ހަދަންވީ ސަބަބެއް ނޫންކަން އަބަދުވެސް ހަނދާންކުރާށެވެ.“

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް