ބްރިޖު ޕާކް މިއަދު ހުޅުވައިފި

Loading

Facebook
Twitter
WhatsApp

ސިނަމާލެ ބްރިޖު ޕާކް މިއަދު ހުޅުވައިފިއެވެ.

މި ޕާކަކީ ޗައިނާގެ އެހީގައި ކުރިއަށްގެންދިޔަ މަޝްރޫއުތަކާއި ދެ ޤައުމުގައި އޮތް ޒަމާންވީ ގާތް ގުޅުން ދައްކުވައިދޭ ތަނެކެވެ.

އެގޮތުން މި ޕާކުގެ ތެރޭގައި، ސިނަމާލެ ބްރިޖު މަޝްރޫޢު ތަރައްޤީ ކުރުމުގެ އެކި ފިޔަވަހިތަކުގެ ފޮޓޯ ބަހައްޓާފައި ވެއެވެ.

ބުރިޖު ޕާކު ހުޅުވައިދެއްވީ ކޮންސްޓްރްކަޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އަދި ޗައިނާއިން ރާއްޖެ ކަނޑައަޅާފައިވާ ސަފީރު ވަންގް ލީޝިން އެވެ.

2018 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 31 ވަނަ ދުވަހުގެ ރޭ ހުޅުވި ސިނަމާލެ ބުރިޖަކީ ކަނޑު ހުރަސްކޮށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށާއި، އާބާދީ އެއްފަސްކޮށް ތަރައްޤީ ކުރަމުންދާ ހުޅުމާލެއަށް ކުރާ ދަތުރުތައް އެއްގަމުމަގުން ކުރެވޭނޭ ފުރުޞަތު ފަހިކޮށްދީ، ފަސޭހަކަމާއި ރައްކާތެރިކަމާއިއެކު އަވަހަށް ދަތުރުފަތުރުކުރެވޭނޭ ނިޒާމެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން ހިންގަވާފައިވާ މަޝްރޫޢެކެވެ.

ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ރަޙުމަތްތެރިކަމުގެ ރަމްޒެއްގެ ގޮތުގައި ދެ ޤައުމުން ގުޅިގެން ތަރައްޤީކޮއްފައިވާ މި ބުރިޖުގެ ދިގުމިނުގައި 2 ކިލޯ މީޓަރު ހުރެއެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް