މަތިންދާބޯޓެއްގެ އިންޖީނަށް ކާގޯ ކޮންޓެއިނަރެއް ދަމައިގެންފި

Loading

Facebook
Twitter
WhatsApp

އެމެރިކާގެ ޗިކާގޯ ގެ އެއާޕޯޓެއްގައި ޖެއްސި އެމެރިކަން އެއާލައިންސް މަތިންދާބޯޓެއް،ގޭޓަށް ދިއުމަށްޓަކާ ޓެކްސީ ކުރަމުން ދަނިކޮށް ކައިރީގައިވާ ކާގޯ ކޮންޓެއިނަރެއް ބޯޓުގެ އެއްއިންޖީނަށް ދަމައިގެންފިއެވެ. އެމެރިކަން އެއާލައިންސް ފްލައިޓް47 ދަތުރުކުރީ ލަންޑަންގެ ހީތުރޯ އިން ފުރައިގެންނެވެ. އަދި ހާދިސާ ހިނގާފައިވަނީ އެތާގަޑިން މެންދުރުފަހު 3ޖަހާއެހާކަންހާއިރު ބޯޓު ޖެއްސުމަށްފަހު ހުއްޓުމަށް ދަނިކޮށްނެވެ.


ބޯޓުގެ އިންޖީނަށް ކާގޯ ކޮންޓެއިނަރު ދަމައިގަތުމާއިއެކު ބޯޓުގެ އިންޖީނަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ކަމަށް ޚަބަރު ލިބެއެވެ.ނަމަވެސް މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
ހާދިސާ ހިނގުމާއި އެކު އިމަޖެންސީ މުވައްޒަފުން ވަނީ ވަގުތުން އެތަނަށް ގޮސްފައެވެ.އަދި ބޯޓު ފަހުން ގޭޓަށް ގެންގޮސްފައިވަނީ ކަފުޖަހައިގެންނެވެ.
ބޯޓުގެ އިންޖީނަށް ދަމައިގަތް ކޮންޓެއިނަރަކީ ލަގެޖާ ކާގޯ ބޯޓުތަކަށް އުފުލުމުގައި އާންމުކޮށް ބޭނުންކުރާ،“ޔުނިޓް ލޯޑް ޑިވައިސް“ ކިޔާ ވައްތަރުގެ ކޮންޓެއިނަރެއް ކަމަށް ވެއެވެ. އަދި ކޮންޓެއިނަރު ބޯޓުގެ އިންޖީނަށް ދަމައިގަންނަން ދިމާވި ސީދާ ސަބަބު އަދި ސާފުނުވާކަމަށް ވެއެވެ.ނަމަވެސް ފަސިންޖަރަކާ ހަވާލާދީ ލިބޭ ޚަބަރެއް ބުނާ ގޮތުން އެހެން ބޯޓެއް ލޯޑްކުރަން އުޅުނު ވެހިކަލެއް، އެވަގުތު ޖެއްސި އެމެރިކަން އެއާލައިންސް ބޯޓާ މާކައިރިވުމުން،ބޯޓުން ނިކުތް ބާރު ވައިގެ ސަބަބުން ކޮންޓެއިނަރު ތަކެއް ބުރައިގެން ދިޔައެވެ.އަދި އެއްކޮންޓެއިނަރު އިންޖީނަށް ދަމައިގަތީއެވެ. ހާދިސާ ހިނގި ވަގުތު ހަމަ އެހިސާބުގައި އެއާފްރާންސްގެ ފްލައިޓެއްވެސް ޓެކްސީ ކުރަމުން ދިޔަކަމަށް ވެއެވެ.
ބޯޓަށް ދަމައިގަތް ލަގެޖް ކޮންޓެއިނަރުގަ ލަގެޖް ނެތް ކަމަށް ވެއެވެ.އެހެން ނޫންނަމަ ލިބުނު ގެއްލުން އަދި މާބޮޑުވީސް ކަމަށް ޚަބަރުލިބެއެވެ.
މިހާދިސާ ހިނގިގޮތް ފެޑަރަލް އެވިއޭޝަން އެޑްމިނިސްޓްރޭޝަނުން ތަހުގީގު ކުރަމުން ދާކަމަށް ވެއެވެ

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް