އެންމެ ފަނަރަ މިނިޓަށްވުރެންވެސް ކުރު އިންޒާރަކާއެކު އީރާނުގެ މިސައިލްތަކުގެ ވާރޭގަނޑެއް އިސްރާއީލަށް އޮހިގަތް ވަގުތު ދުނިޔޭގެ ސުޕަރޕަވަރުން އޮތީ ހަދާނެގޮތަ ހުސްވެފައެވެ. ދުނިޔޭގެ ތާރީޚުގައި އެންމެ ކުރިއަރާފައިވާ ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން މިހާތަނަށް ހިންގާފައިވާ އެންމެ ބިޔަ ސިންގްލް ހަމަލާއިން އިސްރާއީލަށް ލިބުނު ގެއްލުންތައް އަލިވިލެން ފެށީ މިހާރުއެވެ. މެދުއިރުމަތީގައި މެދުވެރިވެދާނެ ހަނގުރާމައެއްގައި އެގޮތަށް ރޮކެޓާއި މިސައިލްގެ ހަމަލާތަކެއް އިސްރާއީލުން ދިފާއުކުރާނެގޮތެއް އެބައޮތްތޯ ތަޖްރިބާކާރުން ގެންދަނީ ދިރާސާތައް ހަދަމުންނެވެ. ދުބާއި އިން ފުރައިގެން ދަތުރު ކުރަމުންދިޔަ މަތިންދާބޯޓެއްގެ ފަސިންޖަރަކު ކޮށްފައިވާ ވީޑިއޯ އަކުން ފެންނަ މަންޒަރުތަކަށް ބަލާއިރު އީރާނުގެ މިސައިލް ހަމަލާތައް ފެށިގެން އަންނަނީ އީރާނުގެ ޝީރާޒް ސިޓީންނެވެ.
އީރާނުގެ މިސައިލްތައް އުދުއްސާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އިސްރާއީލުގެ ރައްޔިތުން ހޮރުހޮރަށްވަދެ ރައްކާތެރިކަން ލިބިގަތުމަށް އެ ގައުމުން އިންޒާރުދީފިއެވެ. ބެލިސްޓިކް މިސައިލްގެ ދުވެލި ހުންނަ ގޮތުން އުދުއްސާލުމާއެކު ފުރަތަމަ ޖައްވުން ބޭރަށްދިއުމަށްފަހު ހަމަ އެ ދުވެލީގައި އަނެއްކާ ޖައްވުތެރެއަށްވަނުމަށާއި އިސްރާއީލުގެ އަމާޒުތަކަށް ވާސިލުވުމަށް ބޭނުންވާނީ ގާތްގަނޑަކަށް 12 މިނިޓުގެ ވަގުތު ކޮޅެކެވެ.
ޖޯރޑްން އިން ލިބިފައިވާ ވީޑިއޯތަކުން ފެންނަނީ މިސައިލްތައް އިސްރާއީލާ ދިމާލަށް ގިނިހިލަތަކެއް ފަދއިން ވަދެގަންނަ އިރު ބައެއް މިސައިލްތައް އެގައުމުގެ އެއާރޑިފެންސް ނިޒާމުގެ އަމާޒަކަށް ވެގެންދާތަނެވެ.
ޖޯރޑްންއިން ލިބިވައިވާ އެއް ވީޑިއޯ އެއްގައި ނުވަ ވަރަކަށް މިސައިލް އިސްރާއީލުގެ އެއާރޑިފެންސް ފޫ އަޅުވާލުމަށްފަހު އިސްރާއީލުގެ މިލިޓްރީ ވަސީލަތްތަކަށް އަމާޒުވެގެންދާ މަންޒަރު ދައްކުވައިދެއެވެ. އޭގެ ފަހުން ތަފުސީލުތައް ލިބުނުއިރު މާގިނަ އަދަދެއްގެ މިސައިލް އިސްރާއީލުގެ މިލިޓްރީ ވަސީލަތްތަކަށް އަމާޒު ވެފައިވާކަން ވަނީ އެނގިފައެވެ.
އައި އެން އެސް އެސް ( އިންސްޓިޓިއުޓް އޮފް ނޭޝަނަލް ސޯޝަލް ސްޓަޑީޒް ) ގެ ސީނިއަރ މުހައްލިލު ޑޮކްޓަރ ޔެހޯޝުއާ ކަލިސްކީ ބުނެފައިވަނީ އީރާނުގެ މަގްސަދުކަމަށް ބެލެވެނީ 180 މިސައިލުން ހަމަލާ ދީގެން އިސްރާއީލުގެ އެއާރޑިފެންސް ނިޒާމުގެ ކެޕޭސިޓީއަކީ ކޮބައިކަން ބެލުން ކަމަށެވެ.
އިސްރާއީލުގެ އެއާރޑިފެންސް ނިޒާމުގައި އެތައް ފަށަލަތަކެއް ހުރެއެވެ. އޭގެ ތެރޭގައި އެއާރޑޯމާއި ޑޭވިޑްސް ސްލިންގް އަދި އެރޯ ވެޕަން ސިސްޓަމް ހިމެނެއެވެ. މިއިން ކޮންމެ ފަށަލައަކީވެސް ޖައްވުތެރޭގެ ތަފާތު އުސްމިނުގައި މިސައިލްތައް ނައްތާލުމަށް ބޭނުންކުރާ ނިޒާމު ތަކެކެވެ. އެންމެފަހުން ބުނެފައި އެވަނީ ދުނިޔޭގައި އެންމެ ފުރަތަމަ ބެލިސްޓިކް މިސައިލް ޖައްވުތެރޭގައި ނައްތާލަން އުފެއްދި ނިޒާމެވެ.
ޑޮކްޓަރ ކަލިސްކީ ދަ ޓެލިގްރާފަށް ކިޔާދީފައިވާ ގޮތުގައި އެ ފަށަލަތަކުގެ ބޭނުމަކީ އިސްރާއީލާ ވިހާވެސް ދުރުން ނުވަތަ ދުޝްމަނުންގެ ސަރަހައްދުގެ ތެރެއަށް ޖައްވުތެރޭގައި މި ސައިލް ނައްތާލުމެވެ. އެއް ފަށަލައަކުން ކާމިޔާބު ނުކުރެވިއްޖެނަމަ އަނެއް ފަށަލައިން ދިމާކުރާނެއެވެ. މިސައިލްތައ ބިމާ ކައިރިވުމުން ޑޭވިޑްސް ސްލިނގް އާއި އަޔަންޑޯމުގެ ޒަރީޢާއިން މިސައިލް ހަލާކު ކޮށްލެވޭނެކަމަށް ވެސް ކަލިސްކީ ބުނެފައިވެއެވެ. އެހެންނަމަވެސް ގިނައަދަދެއްގެ މިސައިލް ހަމަލާ އެއްފަހަރާ އައުމުން އެ ދިފާއުކުރާނެ ޔުނިޓްތައް އިސްރާއީލުގެ ސިފައިންގެ ތެރޭގައި ނެތްކަމަށް ތަޖްރިބާރުން ބުނެފައި ވެއެވެ. ބައެއް އޮބްޒާވަރުންގެ ނަޒަރުގައި އީރާނުގެ މިސައިލްތަކުގެ ދުވެލީގެ ބާރުމިނަކީވެސް އިސްރާއީލުގެ އެއަރޑިފެންސަށް ގޮނެޖެހުމަކަށް ވިއެވެ. އޮސްލޯ މިސައިލް ޕްރޮޖެކްޓްގެ ތަޖްރިބާކާރު ޑޮކްޓަރ ފޭބިއަން ހޮފްމަން ބުނެފައިވަނީ މިނިޓަކު 700 މޭލުގެ ބާރު ދުވެއްޔަކީ ބިރުގަންނަން ޖެހޭ އާދަޔާ ޚިލާފަށް ބާރު ދުވެއްޔެކެވެ. އީރާނުން ފޮނުވާލި ހުރިހާ މިސައިލަކީވެސް ހައިޕަރސޯނިކް މިސައިލް ތަކެކެވެ. އޭގެ ދުވެލި މަޑުކޮށްފައިވަނީ އަނބުރާ ޖައްވުތެރެއަށް ވަނުމަށްފަހުގައެވެ.
ހިޒްބު ﷲ އިން އިސްރާއީލަށް ހަމަލާދޭން ބޭނުންކުރާ ރޮކެޓަކީ މިހާވަރަށް ކުރިއަރާފައިވާ ހަތިޔާރެއް ނޫނެވެ. އިސްރާއީލުން އެ ރޮކެޓްތައް ޖައްވުތެރޭގައި ނައްތާލުމުގެ ފުރުސަތު ލިބެނީ އެ ސަބަބާ ހުރެއެވެ. ހޮފްމަން ބުނެފައިވއެވެ.
އީރާނުގެ ހަމަލާތައް އަމާޒުވީ އިސްރާއީލުގެ ކޮންތަންތަނަކަށް ؟
އެންމެފުރަތަމަ އިސްރާއީލުން ބުނެފައިވަނީ އީރާނުގެ ހަމަލާތައް އެއްވެސް މުހިންމު ތަނަކަށް އަމާޒުވެފައި ނުވާކަމަށެވެ. އެހެންނަމަވެސް ގިނަ އަދަދެއްގެ މިލިޓްރީ ބޭސްތަކަށް އެ ހަމަލާތައް އަމާޒުވެފައިކަމަށް ފަހުން ވަނީ އެއްބަސްވެފައެވެ. މިހާރުވެސް އިސްރާއީލުން ބުނަމުން ގެންދަނީ އެއްވެސް މުހިންމު ތަނަކަށް ނުވަތަ އެއްޗަކަށް ގެއްލުމެއް ނުލިބޭ ކަމަށެވެ.
ސެޓެލައިޓް އިމޭޖް ކޮމްޕެނީ އެއް ކަމުގައިވާ ޕްލެނެޓް ލެބުން ހާމަކޮށްފައިވާ އިސްރާއީލުގެ ނެވާޓިމް އެއާރބޭސްއަށް އަމާޒުވި ހަމަލާގައި ހޭންގަރުތަކާއި އިމާރާތްތައްވެސް ހިމެނޭގޮތުގައި 30 ތަނެއް ވަނީ ހަލާކުވެފައެވެ. ބެލެވިފައިވާ ގޮތުގައި ނެވާޓިމް އެއާރބޭސްއަށް މަދުވެގެން ވިއްސަކަށް މިސައިލް ވަނީ އަމާޒުވެފައެވެ. އަދި އުތުރު ތެލް އަވީވުގައި ހުންނަ އިސްރާއީލުގެ މޮސްއަދުގެ މައި އިމާރާތުގެ ކައިރިންވެސް މިސައިލެއްގެ އެތިގަނޑެއް ވަނީ ފެނިފައެވެ. އިސްރާއީލުގެ މެދުތެރޭގައި ހުންނަ ޓެލް ނޯފް އެއާރބޭސް އަށްވެސް މަދުވެގެން 3 މިސައިލްވަނީ އަމާޒު ވެފައެވެ.
މިސައިލްތަކުގެ ހަލާކުވެފައިވާ ބައެއް ބައިތައް ހުޅަނގު އައްސޭރީގެ ސަރަހައްދުތަކުންނާއި އަދި އިސްރާއީލުގެ އެތަން މިތަނުން ފެނިފައިވުމުން ބައެއް މިސައިލްތަކުގެ އިންޖީނު ޖައްވުތެރޭގައި ހަލާކު ކޮށްލެވުނު ނަމަވެސް ބިމާހަމަޔަށް ދަތުރު ކުރުމުގެ ގާބިލުކަން އެ މިސައިލްތަކަށް ލިބިފައިވާކަން ގަބޫލުކުރަން ޖެހެއެވެ. ހަމައެފަދައިން އަޔަންޑޯމުގައި ބަލިކަށި އުނިކަންތައްތަކެއް ވެސް ވަނީ ފާހަގަ ކުރެވިފައެވެ. ފާއިތުވެގެން މިދާ އަހަރުދުވަހުގެ ތެރޭގައި އިރާނާއި އިރާގާއި ޔަމަނާއި ލެބަނަން އާއި އަދި ސީރިޔާއިން އިސްރާއީލަށް ދީފައިވާ ހަމަލާތަކުގައި އެތައްބަޔަކު މަރުވެ އިމާރާތްތަކާއި މަގުތަކާއި ގެތައް ވަނީ ހަލާކު ކޮށްލާފައެވެ. އޭގެތެރެއިން ވަރަށް ގިނަ މިސައިލް ނުވަތަ ރޮކެޓް ދަތުރު ކުރަނީ ވަރަށް ތިރިން ކަމަށް ވާތީ އަޔަންޑޯމުގެ ރާޑަރަކަށް ނާރައެވެ. އެންމެފަހުން އިސްރާއީލުގެ ސިފައިންނަށް ޖެހެނީ އެތަކެތި މެނުއަލްކޮށް ނައްތާލާށެވެ. އީރާނުން އުފައްދާފައިވާ މިސައިލް ހަމަލާއެއް ޔަމަނުން 2 ހާސްމޭލުގެ ރާސްތާއެއް ކަޑައްތުކޮށް ސީދާ އިސްރާއީލަށް އަމާޒުވުމަކީ އާދައިގެ ހަމަލާއެއް ނޫނެވެ.
ކުރިމަގު ފެންނަނީ ކިހިނެއް ؟
އީރާނާއި އެގައުމުގެ ބައިވެރިން ގުޅިގެން ދީފާނެ ހަމަލާތަކަކީ އިސްރާއީލަށްހުރި ވަރަށްބޮޑު ބިރެއްކަމަށާއި އެހުރިހާ ހަމަލާތަކެއް ހުއްޓުވުމުގެ ގާބިލުކަން އެއްވެސް އެއާރޑިފެންސް ނިޒާމަކަށް ލިބިފައި ހުރުމަކީ ވަރަށް ނާދިރު ކަމެއް ކަމުގައި ތަޖްރިބާކާރުން ގެންދަނީ އިސްރާއީލަށް އިންޒާރު ދެމުންނެވެ. މިދޔަ އަންގާރަ ދުވަހު އީރާނުން ދިން ހަމަލާގައި މިކަން އެއޮތީ ސާބިތުކޮށްދީފައެވެ. އީރާނުގެ ހަމަލާތައް މީހުންދިރިއުޅޭ ސަރަހައްދުތަކަށް އަމާޒު ކޮށްފިނަމަ މަރުވާނެ މީހުންނާއި ލިބިގެންދާނެ ގެއްލުން އަންދާޒާވެސް ނުކުރެވޭނެ ކަމަށް ތަޖްރިބާކާރުން ގެންދަނީ އިސްރާއީލަށް އިންޒާރު ދެމުންނެވެ.
3 Responses
ހަމަ އީރާނު ވަރެއް ނެތެވެ. އީރާނުން މެދުއިރުމަތި ފަނާކުރާކަށް ބޭނުމެއް ނުވެއެވެ. އެހެނަސް މެދުއިރުމަތީގެ އެހެން ގައުމުތަކަށް އެކަން ނުހުށްތުވި އީރާނަށް އެމެރިކާގެ ސްޓޭޓް އޮފް އިޒްރޭލުން ޙަމަލާދީފިނަމަ އީރާނުން އަތުގައިހުރި ހިރިހާ ވަސީލަތެއް ބޭނުންކޮށްގެން ދިފާޢު ކުރާނެއެވެ. އަބަދުވެސް އީރާނުން ބުނަމުން އަންނަނީ މިހެނެވެ. ވީމާ ބޮޑު ހަނގުރާމަޔެއްގެ ރަނގަބީލުގެ އަޑު އަންނަނީ ކަންފަތައް އުނދަގޫ ވާވަރަށް އަޑު ބާރުވަމުންނެވެ. މިފަދަ ހަނގުރާމައެއް ފެއްޓިއްޖެނަމަ އެންމެ އަވަހަށް ބަނޑަށް ޖެހޭނެ ރާއްޖެއަކީ ދިވެހި ރާއްޖެއެވެ. އެހެނީ ވެރިކަމުގައ މިތިބީވެސް ތުރުކީން ޕޭރިޝަބްލް ކާގޯ 10% އިތުރަށްގެނެސްގެން ދިވެހީންނަށް ކާން ދީ އަދި ޢަރަބި ތެޔޮހޮޅި ކާދޫކޮލުން ދިއްކުރާނެ ހުނފެނީ ބަޔަކަށް ވީތީއެވެ.
ސާބސް އީރާނަށް ފަށްފަށުން. ތިއީ އިސްލާމީ ދުނިޔޭގެ އައްޑަނަކަން ތިވަނީ ޕްރޫވް ކޮށްދެއްވާފައެވެ. ޝުކުރިއްޔާ އީރާން!
ދުނިޔޭގެ މީޑިއާތަކުގައި އެމެރިކާއާއި ދެކޮޅަށް ލިއުމަކީ ވަރަށް މަދުން ކުރާ ކަމެކެވެ. ސީއެންއެން ފޮކްސް ފަދަ ޚަބަރު ފަތުރާ ވަސީލަތްތައްވެސް ވަރަށް ހަނި ދޭތެރެއަކުން ނޫނީ އީރާނުގެ މިލިޓްރީގެ ވާހަކަ ގެނެސްދޭނީ ވައިބަޑީގެ ގޮތުގައެވެ. އެހެންނަމަވެސް މިލިޓްރީ އަދި ސިޔާސީ ތަޖުރިބާކާރުން ދެކޭ ގޮތް ހާމަކުރަން ބައެއްފަހަރު މަޖުބޫރުވެފައި އޮންނަނީއެވެ.
މިހާރުވެސް މެދުއިރުމަތީގެ މަސްރަހް މީޑިއާ ތަކުން ޚަބަރުދީފައި ހުންނަނީ ހުޅަނގަށް ބުރަވާގޮތަށެވެ. އީރާނުންން އަރަބި ގައުމުތަކަށް ދަތުރުކޮށް މެދުއިރުމަތީގައި ބޮޑު ހަނގުރާމައެއް ފެށޭނެ ގޮތެއް އެމެރިކާއި ހުޅަނގުގެ ގައުމުތަކުން އިސްރާއީލާ ގުޅިގެން ކުރާ މަސައްކަތްތަކަށް ފާރަވެރިވުން އެދި އިންޒާރު ދިނުންވެސް ގިނަ މީޑިއާތަކުން ދައްކާނެ އެހެން ބަހަނާއެއް ނެތުމާއެކު އެ ދެމެދަށް ގެންނަމުންދަނީ މަޒުހަބީ ތަފާތު ގެނެސްގެންނެވެ. އެ ޖެހުނީ ބޮޑުތަނުގައެވެ. އަޅުގަނޑުމެންގެ މި ކުޑަކުޑަ ރާއްޖޭގައިވެސް ސުންނީ-ޝިޔައީ ދިވެހިންގެ ބޮލަށް ވައްދަން އުޅޭތަން އެބަ ފެނެއެވެ.