ދާލު އަމާންވެށީގެ ޚިދުމަތްތައް ފުޅާކުރަން ސޮއި ކޮށްފި

Loading

October 16, 2024
sandhaanu news
Facebook
Twitter
WhatsApp

 ދ. ކުޑަހުވަދޫގައި ހިނގަމުންދާ އަމާންވެށީގެ ވަސީލަތްތައް ތަރައްޤީ ކުރުމަށް އިއްޔެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުން އެކުލަވާލާފައި ވަނީ އެއާރޕޯޓުގެ އިޖުތިމާޢީ ހަރަކާތްތައް ކުރިއަރުވާ ޖަމިއްޔާ، ދަ ނޯޓިލަސް ފައުންޑޭޝަނާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވަލޮޕްމެންޓް ދެމެދުގައެވެ.

މި އެއްބަސްވުމުގެ ދަށުން ނޯޓިލަސް ފައުންޑޭޝަންގެ އެހީއާއިއެކު ދ. އަމާންވެށީގެ ގޯތިތެރޭގައި ޒަމާނީ ފެންވަރުގެ ޓަރފް ދަނޑެއް ޤާއިމުކުރެވޭނެއެވެ. އަދި ކުދިން ކިޔެވުމަށް އަމާންވެށި އިމާރާތުގައި ކުދިން ކިޔަވާނެ ޒޯނެއް ތަރައްޤީ ކުރުމަށްޓަކައި ލައިބްރަރީ އޭރިއާއެއް ހެދުމާއެކު، ކޮމްޕިއުޓަރ ސިސްޓަމްތަކާއި ކުދިން ކިޔަވާނެ ފޮތް ފަދަ ތަކެތި މި އެއްބަސްވުމުގެ ދަށުން ދިނުމަށްވަނީ ހަމަޖެހިފައެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ކުޑަހުވަދޫ ދާއިރާގެ މަޖްލީސް މެމްބަރ ޙުސެއިން ޙަމީދު، ދ.އަތޮޅުގެ ކައުންސިލް ރައީސް އަޙްމަދު ޝާފިއު، މަންޓާ އެއާރ ގެ ޑެޕިއުޓީ ސީ.އީ.އޯ އަޙްމަދު މައުމޫން، ނޯޓިލަސް ފައުންޑޭޝަން ގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ޙަލީލް ، ނޯޓިލަސް ފައުންޑޭޝަން ގެ ލީޑް އައިޝަތު އިހުމާ އާއި އެކި ދ. ފެމިލީ އެންޑް ޗީލްޑްރަން ސަރވިސަސްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް