ހުޅުމާލޭގައި ޑައިވް ސެންޓަރެއް ތަރައްޤީކޮށްދޭނެ ބަޔަކު ހޯދަނީ

Loading

October 15, 2024
sandhaanu news
Facebook
Twitter
WhatsApp

ހުޅުމާލޭގައި ޑައިވް ސެންޓަރެއް ތަރައްޤީކޮށްދޭނެ ބަޔަކު ހޯދަން އެޗްޑީސީން އިއުލާންކޮށްފި އެވެ.


އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ހުޅުމާލޭގައި ޑައިވް ސެންޓަރެއް ތަަރައްޤީ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލްް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފަ އެވެ.

އެޗްޑީސީން ބުނީ މި މަސައްކަތް ހަވާލުކުރުމުގައި ބަލާ ކަންކަމުގެ ތެރޭގައި ކުންފުނީގެ ތަޖުރިބާއާއި ފައިނޭންސްގެ ކަންކަން ވެސް ހިމެނޭ ކަމަށެވެ

މި މަސައްކަތަށް ޕްރޮޕޯސަލް އެއް ފަރާތަކަށް ވުރެ ގިނަ ފަރާތްތަކުން ހުށަހަޅައިފިނަމަ އެ މަސައްކަތް ހަވާލުކުރާނީ އެޗްޑީސީގެ ތަސައްވަރާ އެންމެ ބޮޑަށް ގުޅޭ ގޮތަށް ޕްރޮޕޯސަލް ހުށަހަޅާ ފަރާތަކަށް ކަމަށާއި އެ ކުންފުންޏަށް ދައްކަން ޖެހޭ ފައިސާތަކެއް ނުދައްކާ އޮތް ބަޔަކަށް އެކަމަށް ކުރިމަތި ނުލެވޭނެ ކަމަށް ވެސް އެޗްޑީސީން ބުނެފައި ވެއެވެ.

.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް