ވެނެޒުއެލާއިން ލުބުނާނަށް އިންސާނީ އެހީ ފޯރުކޮށްދޭން ފަށައިފިއެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ވެނެޒުއެލާއިން ލުބުނާނަށް ދޭ އިންސާނީ އެހީގެ ފުރަތަމަ ބެޗް ސީރިއާގެ ވެރިރަށް ދިމިޝްގަށް އިއްޔެ ފޯރުކޮށްދީފައިވާ ކަމަށް ވެނެޒުއެލާގެ ފޮރިން މިނިސްޓަރު ޔުވާން ޖެލް ޕިންޓޯ ވަނީ ވިދާޅުވެފައެވެ.
ވެނެޒުއެލާގެ ސަރުކާރުން ވަނީ އިސްރާއީލުން ދިން ބޮމުގެ ހަމަލާތަކުގައި އަސަރުކުރި ލުބުނާނުގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި ބޭހާއި އަދި އަސާސީ ތަކެތި ހަދިޔާކޮށްފައެވެ.
ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ލުބުނާނަށް ބޮޑެތި ވައިގެ ހަމަލާތަކެއް ދެމުން އަންނައިރު މި ހަމަލާތަކުގައި އެތައް ސަތޭކަ އާންމުންނެއް ޝަހީދުވެ ގިނަ ބަޔަކު ވަނީ ޒަޚަމްވެފައެވެ.