ފުއާދުގެ ބަދަލުގައި އީސީއަށް ހަސީބު އައްޔަން ކުރަން ނަން ފޮނުވައިފި

Loading

October 14, 2024
sandhaanu news
Facebook
Twitter
WhatsApp

އިލެކްޝަންސް ކޮމިޝަންސް (އީސީ) ގެ ރައީސް ފުއާދު ތައުފީޤުގެ ބަދަލުގައި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރު ކަމަށް އެ ކޮމިޝަނުގެ އެސިސްޓެންޓް ޑިރެކްޓަރު ކަމުގައި ހުންނެވި އަބްދުލް ހަސީބު އިސްމާއީލް އައްޔަން ކުރުމަށް ނިންމަވާ ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުއްވައިފި އެވެ

ހަސީބު މީގެ ކުރިން ވަނީ އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީކަންވެސް ކުރައްވާފައެވެ.

އެގޮތުން ހަސީބްގެ ނަން ފާސްކޮށްދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ރައީސް ޑރ.މުހައްމަދު މުޢިއްޒު ފޮނުއްވި ސިޓީގައި އީސީގެ މެންބަރުކަމަށް ކުރިމަތިލެއްވި އެހެން ބޭފުޅުންގެ ނަންތައްވެސް ވަނީ ހިމަނުއްވާފަ އެވެ.

ރައީސްގެ ސިޓީގައި ވަނީ އީސީގެ މެންބަރު ކަމަށް ކުރިމަތިލުމަށް އާންމުކޮށް އިއުލާނުކުރުމުން އެކަމަށް އިޖާބަ ދެއްވި ބޭފުޅުންގެ ތެރެއިން ހަސީބު އެ މަޤާމަށް އައްޔަންކުރުމަށް މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއް އަންގަވައިދެއްވުމަށް އެދިވަޑައިގެންފަ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް