ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބީޗް ފްރަންޓުން 2 ބިން އަދި ބީޗް ސައިޑުން 16 ބިމެއް ވިއްކަނީ

Loading

October 13, 2024
sandhaanu news
Facebook
Twitter
WhatsApp

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބީޗް ފްރަންޓުން 2 ބިން އަދި ބީޗް ސައިޑުން 16 ބިމެއް ވިއްކަން ބީލަމަށް ލައިފިއެވެ.

އެޗްޑީސީން މި މަހުގެ ދިހަ ވަނަ ދުވަހު ކުރި އިއުލާނެއްގައި ބުނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބީޗް ފްރަންޓުން 2 ބިން އަދި ބީޗް ސައިޑުން 16 ބިމެއް ވިއްކަން ބީލަމަށް ލާފައިވާ ކަމަށެވެ.

މި ބީލަމުގައި ބައިވެރިވެވެނީ ހަމައެކަނި ދިވެހިންނަށް ކަމަށާއި އޭގެ ތެރޭގައި %100 ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ވެސް ބައިވެރިވެވޭނެ ކަމަށް އެޗްޑީސީން ހާމަކުރެއެވެ. 

ބީޗް ސައިޑުން ވިއްކާ ބިންތަކުގެ ބީލަން ފެށޭ އަގަކީ އަކަ ފޫޓަކަށް 4،000 ރުފިޔާ އެވެ. އަދި ބީޗު ފްރަންޓުން ވިއްކާ ބިންތަކުގެ ބީލަން ފެށޭ އަގަކީ އަކަ ފޫޓަކަށް 4،500 އެވެ.

އެޗްޑީސީން ވަނީ މިއަދުން ފެށިގެން އެޗްޑީސީގެ ޕޯޓަލްގައި ރަޖިސްޓްރީ ކޮށްގެން މި ބިންތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް