މި އަހަރު ކުރީކޮޅު ޝާއިޢުކޮށްފައިވާ ޑިފެންސް އިންޓެލިޖެންސް އޭޖެންސީ ރިޕޯރޓުގައި އީރާނުން ހޫތީ މުޖާހިދުންނަށް ފޯރުކޮށްދޭ ހުރިހާ އެހީތަކެއްގެ ތަފްސީލު ވަނީ ހާމަކޮށްފައެވެ. އަދި ފާއިތުވެގެން މިދާ ދިހަ އަހަރު ހޫތީ މުޖާހިދުންނަށް ބޭނުންވާ ތަމްރީނުތައް ދިނުމުގެ އިތުރުން އެ ޖަމާއަތަށް ބޭނުންވާ ހުރިހާ މިލިޓްރީ ވަސީލަތްތަކެއްވެސް ފޯރުކޮށްދެމުން ގެންދެއެވެ.
އެމެރިކާގެ ނޭވީންނަށް ލިބިފައިވާ މިލިޓްރީ ގާބިލު ކަމާއި ވަސީލަތްތަކާއެކު ޔަމަނުގެ ހޫތީ މުޖާހިދުންނާ ދެކޮޅަށް ހަމަލާތައް ދެމުން ގެންދާތާ އަހަރު ދުވަސް ވަނީއެވެ. އެމެރިކާއާއި އެކު އިނގިރޭސި ވިލާތުގެ ކަނޑުގެ ލަޝްކަރުތަކުންވެސް ގެންދަނީ ޔަމަނުގެ ހޫތީ މުޖާހިދުންނާ ދެކޮޅަށް ބައިވެރިވަމުންނެވެ.
ހޫތީ މުޖާހިދުން ބޭނުންކުރަމުންގެންދަނީ އީރާނުން އެންމެފަހުގެ ޓެކްނޯލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ ހަތިޔާރެވެ. އެމެރިކާގެ އެންމެ އިސް ނޭވަލް އޮފިސަރ ބުނެފައިވަނީ ހޫތީ މުޖާހިދުންގެ ހަނގުރާމައިގެވައްޓާފާޅި ދަސްކުރަން އެމެރިކާ ނޭވީން މަސައްކަތްކުރަމުންގެންދާތާ އަހަރުދަވަސްވާން ކައިރި ވެފައި ވާއިރުވެސް އެ ޖަމާއަތް ބަލިކުރެވޭނެ މަގެއް އަދި ނުފެނެއެވެ.
އެމެރިކާ ނޭވީންގެ އެންމެ އިސް ވެރިޔާ އެޑްމިރަލް ލީޒާ ފްރާންޗެއްޓީ ބުނެފައިވަނީ ހޫތީ މުޖާހިދުންގެ ހަމަލާތަކުގެ ވައްޓަފާޅި ދަސްކުރެވޭތޯ އަހަރު ދުވަހު މި ކުރެވެނު މަސައްކަތުން އިތުރު ގޮންޖެހުންތައް ނޫން ކަމެއް ދަހެއް ނުވިއެވެ. ޔަގީން ކަށަވަވްރު ކުރެވުނު އެއްކަމަކީ ޑްރޯން ބޭނުންކޮށްގެން ދެމުންގެންދާ ހަމަލާތަކަށް އެމެރިކާގެ ނޭވީން އަދި ފުރިހަމައަށް ތައްޔާރު ނޫން ކަމެވެ.
ހޫތީ މުޖާހިދުންނަށް އީރާނުން އަންނަނީ އޭރިއަލް އާއި ސާރފޭސް ޑްރޯން ފޯރުކޮށްދެމުން އަދި އެ ހަތިޔާރު ބޭނުންކުރާނެ ތަފާތު އުކުޅުތަކަށް ތަމްރީނު ދެމުންނެވެ. ތެދު ތެދަށް ބުނާނަމަ ހޫތީ މުޖާހިދުން ގެންދަނީ ރެޑް ސީ އާއި ގަލްފް އޮފަ އަދަން އިން ދަތުރުކުރާ ބޯޓުފަހަރުގެ އިތުރުން އެމެރިކާގެ ނޭވީންގެ އުޅަނދުފަހަރަށްވެސް ހަމަލާ ދެމުންނެވެ. އެ ހަމަލާތައް ހުއްޓުވިދާނެ ނުވަތަ މައިތިރި ކުރެވިދާނެ ގޮތެއްވެސް ނުފެނެއެވެ. ފަހަކަށް އައިސް ހޫތީންގެ ހަމަލާތަކުގައި ބެލިސްޓިކް މިސައިލް ވެސް މިވަނީ ބޭނުންކުރަން ފަށާފައެވެ. މީހަކުނެތި ކަނޑުމަގުން ބޭނުންކުރާ “ އަންމޭންޑް ސަރފޭސް ވެހިކަލްސް އާއި އެއަރ ޓް އެއަރ އޭވިއޭޝަން ޕްލެޓްފޯމާއި އަދި ޔޫ އޭ ވީ “ އަންމޭންޑް އޭރިއަލް ވެހިކްލް “ ބޭނުންކޮށްގެން ހަމަލާ ދިނުން މިއީ އަހަރެމެންނަށް އަދި ދަސްކުރަން ޖެހިފައިވާ ކަންތަކެވެ.
ޑިފެންސް ރައިޓާރސް ގުރޫޕުގެ ބައްދަލު ކުރުމެއްގައި ކުރެވުނު ސުވާލަުތަކަކަށް ޖަވާބު ދެމުން އެޑްމިރަލް ފްރާންޗެއްޓިއަށް ބުނަން އެނގުނީ ހަމައެކަނި “ އަހަރެމެން މިގެންދަނީ ވަރަށް ރަނގަޅަށް ދަސްކުރަމުން “ މިހެންނެވެ.
ރެޑް ސީ އިން ކުރާ ދަތުރުތައް އަމާންކުރުމަށްޓަކައި އެމެރިކާއިން މިހާތަނަށް 1.1 ބިލިއަން ޑޮލަރުގެ ހަތިޔާރު ބޭނުންކުރެވިފައިވާކަމަށް ފްރާންޗެއްޓީ ހާމަކޮށްފައި ވެއެވެ.