ބެލްކަނި ކިޔާ ޑޮކިއުމަންޓްރީއެއްގެ މައްސަލަ ބްރޯޑްކޮމް އިން ބަލަންފަށައިފި

Loading

Facebook
Twitter
WhatsApp

ބެލްކަނި ކިޔާ ޑޮކިއުމަންޓްރީއެއްގެ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އިން ބަލަން ފަށައިފިއެވެ.

މި ޑޮކިއުމަންޓްރީ ދައްކާފައި ވަނީ ރޭގެ ވަގުތެއްގައި ޗެނަލް 13 އިންނެވެ.

ބްރޯޑްކޮމްއިން ވަނީ މި ޑޮކިއުމަންޓްރީ ގެނެސްދޭން ނިންމާފައިވާ ކަމަށް ބުނެ ޗެނަލް 13 އިން އިޝްތިހާރު ދައްކަން ފެށުމުން އެ ޑޮކިއުމަންޓްރީ ނުދެއްކުމަށް އެދިފައިވަނިކޮށް ދައްކާފައި ވާތީ އެ ޗެނަލަށް ސިޓީއެއް ފޮނުވާފައެވެ.  

އެގޮތުން އެ ޗެނަލުން ދެއްކި“ބެލްކަނި“ ޑޮކިއުމަންޓްރީގެ މައްސަލަ ބަލާކަން އެ ސިޓީގައި ވަނީ ފާހަގަކޮށްފައެވެ. އަދި ވަކި ގޮތެއް ބްރޯޑްކޮމް އިން އަންގަންދެން އެ ޑޮކިއުމަންޓްރީ ބްރޯޑްކާސްޓް ނުކުރުމަށް ވެސް ވަނީ އަންގާފައެވެ.

މީގެ އިތުރުން ޗެނަލް 13ގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުންވެސް އެ ޑޮކިއުމަންޓްރީ ނަގަން ބްރޯޑްކޮމް އިން ވަނީ އަންގާފައެވެ.

އެނގިފައިވާ ގޮތުގައި ބެލްކަނި ޑޮކިއުމެންޓަރީއަކީ ބެލްކަނިން ވެއްޓި ޒުވާނަކު ނިޔާވި ހާދިސާއަކާ ގުޅޭގޮތުން ހަދާފައިވާ ޑޮކިއުމަންޓްރީއެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް