ހިޒްބުﷲގެ އިތުރު ކޮމާންޑަރަކު މަރުވެފައިވާ ކަމަށް އިޒްރޭލުން ބުނެފި

Loading

Facebook
Twitter
WhatsApp

އިސްރޭލުން ހޯމަދުވަހުގެ ރޭ ބޭރޫތަށް ދިން ހަމަލާތަކެއްގައި ހިޒްބުﷲގެ ކޮމާންޑަރ ސުހެއިލް ހުސެއިން ހުސޭނީ މަރުވެފައިވާ ކަމަށް އިޒްރޭލްގެ ޑިފެންސް ފޯސަސް (އައިޑީއެފް) ބުނެފިއެވެ.

އިޒްރޭލުން ބުނެފައިވާ ގޮތުގައި އީރާނުން ހިޒްބުﷲ އަށް ހަތިޔާރު ފޯރުކޮށްދީ ހިޒްބުﷲގެ އެކި ޔުނިޓް ތަކުގެ މެދުގައި ހަތިޔާރު ބެހުމުގައި ސުހެއިލް ހުސެއިން ހުސޭނީ އައީ އިސް ރޯލެއް އަދާކުރަމުންނެވެ.ހިޒްބުﷲ ގެ ސީނިއާ މިލިޓަރީ ލީޑަޝިޕް ކައުންސިލްގެ ވެސް މެމްބަރެއް ކަމަށްވާ ސުހެއިލް ހުސެއިން ހުސޭނީ،ލުބްނާން އަދި ސީރިޔާއިން އިޒްރޭލަށް ދޭ ހަމަލާތައް ރާވާ ހިންގުމުގައިވެސް އިސް ދައުރެއް އަދާކުރާ ކަމަށް އިޒްރޭލުން ތުހުމަތު ކުރެއެވެ.

ލުބްނާންގެ ވެރިރަށް ބޭރޫތަށް އިޒްރޭލުން ރޭ އެކަނިވެސް ދިހަވަރަކަށް ވައިގެ ހަމަލާ ދީފައިވާ ކަމަށް ލުބްނާންގެ މީޑިޔާ ރިޕޯޓްތައް ބުނެއެވެ. މުޅި ރޭގަނޑު ހަތަރުދަމުވެސް ލުބްނާނުގެ އުތުރާއި ދެކުނުންވެސް އިވެމުން ދިޔައީ ސައިރަންގެ އަޑުފަށް ކަމަށް އާންމުން ނާހަވާލާދީ ލިބޭ ޚަބަރުތައް ބުނެއެވެ.

ހޯމަ ދުވަހަކީ އިޒްރޭލް ހަމާސް ހަނގުރާމަޔަށް އެއްއަހަރުވީ ތާރީހެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް