އެއްކުށަކަށް ދެ އަދަބު

Loading

Facebook
Twitter
WhatsApp


މީހަކު ފިހާރައަކަށް ވަންނަން ޖެހިގެން ސައިކަލް ގަވާޢިދުން ޕާކު ކުރާނެތަނެއް އެހިސާބުގައި ހުރިތޯބެލި އިރު އެފަދަތަނެއް ނުފެނުނެވެ. އެހެނަސް އެފިހާރަކައިރީގައި ގަވާޢިދާ ޚިލާފަށް އެތައްސައިކަލެއް ވަނީ ޕާޖޔ ކޮށްފައެވެ.އެހެން ކަމާއެކު ފިހާރައަށް ވަންނަން އުޅުނު މީހާވެސް އެހެންމީހުންނެކޭ ވެސް އެއްފަދައިން ފިހާރަ ކައިރީގައި ޕާކު ކޮށްފައި ހުރި ސައިކަލް ތަކުގެކައިރީގައި ސައިކަލް ޕާކު ކުރުމަށްފަހު ފިހާރައަށް ވަނެވެ.



ފިހާރައިގާ ވާނީ ގާތްގަނޑަ ވިއްސަކަށް މިނިޓެވެ. ފިހާރައިން ނުކުމެ ސައިކަލް ކޮބައިތޯ ބެލި އިރު އެތާގައި އެއްވެސް ސައިކަލެއް ނެތެވެ. އެތާކައިރީ ގައި ހުރިމީހަކު ބުންޏެވެ. ތިތާގައި ހުރި ހުރިހާ ސައިކަލްތަކެއް ފުލުހުން ޓޯކު ކޮށްގެން ގެންގޮސްފިއެވެ. ސައިކަލްގެ ނަމްބަރު ޕްލެޓުން އެއީކާކުގެ ސައިކަލެއްކަން ބެލޭން އޮތްއިރު އެއީ ކާކުގެ ސައިކަލެއްތޯ އާއި އަދި ސައިކަލް ނަގަން އޭގެ ވެރިފަރާތަށް އަންގާވެސް ނުލާ ސައިކަލް އެފެންދިޔައީއެވެ. ޓޯޔާޑަށް ގުޅާލުމުން ބުނީ ގަވާޢިދާޚިލާފަށް ޕާކު ކުރުމުގެ ސަބަބުން ޓޯކްކޮށްފައިވާ ކަމަށާއި ދެން ސައިކަލް ލިބޭނީ ސާޅީސް އަށްގަޑިއިރު ފަހުން މީރާއަށް 750 ރުފިޔާ ދެއްކުމަށްފަހު ސިލިޕް ގެނައުމުން ކަމަށް ބުންޏެވެ.
ކުރީ އެންމެ ކުށެކެވެ. އެއީ ގަވާޢިދާ ޚިލާފަށް ސައިކަލް ޕާކު ކުރުމެވެ. މި ކުށް ކުރަން ޖެހުނީ ސަރުކާރުގެ ނުފޯރާކަމުންނާއި ސައިކަލް ޕާކު ކުރާނޭ ތަނެއް ނުދެއްކުމުން ކަމަށް ސައިކަލްފެ ވެރިފަރާތުން ބުންޏެވެ. މާލޭގެ މަގުތަކުގައި ގަވާޢިދުން ޕާކު ކުރާނޭ ތަންތަން ސަރުކާރު ނުދައްކާއިއިރު ނު ގަވާޢިދުން ޕާކު ކުރަން ރައްޔިތުންނަށް މަޖުބޫރު ކުރުވަނީ ސަރުކާރުން ކަމަށާއި މިކަމަށް ދެވެން އޮތްނަމަކީ ރައްޔިމިތުން ފެލުން ކަމަށް ސައިކަލްގެ ވެރިފަރާތުން ސިފަކުރެއެވެ.
ސައިކަލަކީ ރައްޔިތުމީހާ ބޮޑުއަގުދީފައި ގަންނަ ރައްޔިތުމީހާގެ ހަރު މުދަލެކެވެ. އެހެން ކަމުން ފުލުހުންނަށް ވިޔަސް އަދި އެނޫން ފަރާތެއް ކަމުގައި ވިޔަސް ރައްޔިތެއްގެ މުދަލެއް ނެގޭނީ އެ މުދަލުގެ ވެރިފަރާތަށް ރަސްމީކޮށް އެންގުމަށްފަހުގައެވެ. އެނޫން ގޮތަކަށް ރައްޔިތެއްގެ ޙައްގެއް ނިގުޅައިގަތުމުގެ އެއްވެސް ގާނޫނީ ބާރެއް އެއްވެސް ފަރާތަކަށް އެއްވެސް ގާނޫނަކުން ލިބިދީފައެއް ނުއޮންނާނެއެވެ. އެހެހެން ކަމުން އެ ރައްޔިތު މީހާގެ ސައިކަލް ފުލުހުން އެނެގީ ވަގަށެވެ.
އަނެއްކޮޅުން ސައިކަލް 48 ގަޑިއިރަށް ހިފެހެއްހެއްޓުމަކީ އެއް އަދަބެވެ. އަދި ސައިކަލް ޖޫރިމާނާ ކުރުމަކީ ދެވަނަ އަދަބެވެ. މީގެ އިތުރުން ސައިކަލްޓޯކު ކޮށްގެން ޓޯޔާޑަށް ގެންގޮސް ސައިކަލް ލޮރީގެ ތެރެއިން ދެމީހުން ވެގެން އެއްލާލާ އެއްލާލުމުން ސައިކަލަށް ލިބޭ ކޮންމެ ގެއްލުމަކީވެސް ދެވޭ އަދަބެކެވެ. އެގޮތުން ސައިކަލެއް ގަވާޢިދާ ޚިލާފަށް ޕާކުކޮށްގެން މިހުރިހާ އަދަބު އެ ދެވެނީ ކޮން ގާނޫނެއްގެ ދަށުންތޯވެސް ބަލާލަން އެބަޖެހެއެވެ.
މާލެއަށް ވެހިކަލް އެތެރެވެފައި އެހުންނަނީ ސަރުކާރުގެ ރަސްމީ އިދާތަކުން ރައްޔިތުމީހާ ހޯދަންޖެހޭ އެންމެހައި ހުއްދަތައް ގަވާޢިދުން ހޯދައިގެންނެވެ. މާލޭގެ ބިމުގެ ނިސްބަތަށް ބަލާލުމެއް ނެތި ވެހިކަލްތައް އެތެރެ ކުރުމުގެ ހުއްދަ ދައުލަތުގެ ރަސްމީ އިދާރާތަކުން ދީފައި އެވަނީ ރައްޔިތުމީހާގެ ސައިކަލް ބަހައްޓާނެ ޖާގަ މާލޭގެ ބިމުގައި ހުރީމައެވެ. ނޫންނަމަ އެހުއްދަ ދައުލަތުން ނުދިނީސްތާއެވެ.

ގަވާޢިދާ ޚިލާފަށް ޕާކުކުރަނީ ގަވާޢިދުން ޕާކު ކުރާނޭ ޖާގަ ދައުލަތުގެ ރަސްމީ އިދާރާތަކުން ދައްކާފައި ނުވާތީއެވެ. މާލެއަށް އެތެރެ ކޮށްފައިވާ ވެހިކަލްތައް ޕާކު ކުރާނޭ ޖާގަ ނެތުމަކީ ރައްޔިތުމީހާގެ ކުށެއް ނޫނެވެ.
އެހެންކަމާއެކު ފުލުހުންގެ އިދާރާއަށް ގޮވާލަން ޖެހެނެނީ ގާނޫނާއި ޚިލާފަށް ރައްޔިތުންގެ މުދަލަށް އަރައި ގަނެ އެމުދަލަށް ގެއްލުންނުދިނުމަށެވެ. ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ވެހިކަލްތައް ޕާކުކުރާނޭ ތަންތަން ނުދައްކާ ރައްޔިތުންގެ ވެހިކަލްތަކުގައި ސްޓިކާ ނުޖަހާނޭ ކަމަށާއި އަދި ޖުރިމާނާ ވެސް ނުކުރައްވާނެ ކަމަށެވެ. އެހެނަސް ކަން ހިނގަމުން މިދަނީ ރައީސް ވަޢުދާ ޚިލާފަށެވެ. ފުލުހުންނަށް ލިބިދީފައިވަ ގާނޫނީ ބާރުތަކަކީ ރައްޔިތުގެ ޙައްގުތަކަށް އަރައިގަތުމަށް ދީފައިވާލައިސަންސެއް ނޫނޫނެވެ. ފުލުހުންވެސް ޢަމަލު ކުރަންވާނީ ގާނޫނާއި ގަވާޢިދުތަކުގެ ދަށުންރައްޔިތުންގެ ޙައްގަށް އުނިކަމެއް ނައަނާނެ ގޮތެއްގެމަތިންނެވެ. ފުލުހުންނަކީ ގާނޫނުތަކުގައި ބަޔާންކުރެވިފައިވާ ކަންކަން އެއްވެސް ފަރާތެއް އިސްތިސްނާ ކުރުމެއްނެތި އަދި އެއްވެސް ރައްޔިތެއްގެ މިލްކުގައިވާ އެއްވެސް މުދަލަކަށް އެ މުދަލުގެ ވެރިފަރާތަށް އެންގުމެއް ނެތި އަރައިގަތުމުގެ ހުއްދަ އެއްވެސް ގާނޫނަކުން ލިބިފައިވާ ބައެއް ނޫނެވެ.

Loading

One Response

  1. ކޮންމެ ފިހާރައެއްގެ ކުރިމަތީ ޕާކިންޒޯނެއް ނުހެދޭނެ އެވެ. ބިންމަތީ ފައިންޕުޅު ބީއްސަން ނުކެރޭމީހާ ގޭގައި ހުރުން ރަގަޅުވާނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް