އިސްރާއީލުން އަޅާފާނެ ފިޔަވަޅަކަށް އީރާނުން ފުރިހަމައަށް ތައްޔާރުވެއްޖެ

Loading

Facebook
Twitter
WhatsApp

އިސްރާއީލުން އަޅާފާނެ ފިޔަވަޅަކަށް އީރާނުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.

ޒަޔަނިސްޓު އިސްރާއީލުން އަޅާފާނެ ފިޔަވަޅަކަށް ފުރިހަމައަށް ރައްދު ދިނުމަށް ތައްޔާރުވެފައިވާ ކަމަށާއި އިސްރާއީލުން ފިޔަވަޅު އަޅާނަމަ އީރާނުގެ ކައުންޓަރ ސްޓްރައިކް ތަންފީޒު ކުރެވޭނެ ކަމާމެދު ޝައްކެއްނެތް ކަމަށް ހަތިޔާރު އެޅި ސިފައިންގެ މައުލޫމާތު ލިބިފައިވާ މަސްދަރަކުން ބުނެފިއެވެ.

އެ މަސްދަރާ ހަވާލާދީ ތަސްނީމް ނިއުސް އެޖެންސީން ބުނީ އީރާނުގެ ޕްލޭންގައި ރެސިޕްރޮކަލް އަދި ސްޕެސިފިކް ސްޓްރައިކްތަކުގެ ބައެއް ވައްތަރުތައް ހުރިއިރު، ޒަޔަނިސްޓުންގެ ފިޔަވަޅުގެ ބާވަތަށް ބަލާއިރު، އޭގެ ތެރެއިން އެއް ނުވަތަ އެއަށްވުރެ ގިނަ ސްޓްރައިކް ތަންފީޒު ކުރުމާ ގުޅޭގޮތުން އަވަސް ނިންމުމެއް ނިންމާނެ ކަމަށެވެ.

އަންގާރަ ދުވަހު އިރާނުން ވަނީ އޮޕަރޭޝަން ޓްރޫ ޕްރޮމިސް 2 ގެ ތެރެއިން އިސްރާއީލުގެ އަސްކަރިއްޔާއާއި، ހިފާފައިވާ ސަރަހައްދުތަކުގެ ހުރިހާ ހިސާބެއްގައި ޖާސޫސީ އަދި ޖާސޫސީ މަރުކަޒުތަކާ ދިމާއަށް އެތައް ސަތޭކަ މިސައިލްތަކެއް ފޮނުވާލާފައެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ހަމާސްގެ ސިޔާސީ ބިއުރޯގެ ވެރިޔާ އިސްމާއިލް ހަނިއްޔާ އާއި ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް ސައްޔިދު ހަސަން ނަޞްރުالله އާއި ޑެޕިއުޓީ ކޮމާންޑަރ ފޯ އޮޕަރޭޝަންސް ބްރިގޭޑިއަރ ޖެނެރަލް އައްބާސް ނިލްފުރޫޝަން އަވަހާރަކޮށްލުމާ ގުޅިގެންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް