ސިންގަޕޫރުގައި އަސްރޭސް ނިމުމަކަށްގެނެސް ޓްރެކްތައް ގެދޮރުވެރި ކަމަށް

Loading

Facebook
Twitter
WhatsApp

ސިންގަޕޫރުގައި 180 އަހަރުވަންދެން ކުރިޔަށް ގެންދިޔަ އަސް ރޭސް ޖެހުން ނިމުމަކަށް ގެނެސް ރޭސްޖަހަން ބޭނުންކުރި ޓްރެކް ތައް އަޅާފައިވާ ބިންތައް ގެދޮރުވެރިކަމަށް ނަގަން ނިންމައިފިއެވެ. ސިންގަޕޯ ޓާފް ކްލަބުން ހޯސްޓް ކޮށްގެން އެންމެ ފަހުރޭސް ބާއްވާފައިވަނީ ހޮނިހިރު ދުވަހުއެވެ.


ބްލޫމްބާގް އާއި ހަވާލާދީ ވިއޯން ޗެނެލުން ބުނެފައިވާ ގޮތުގައި ސަރުކާރުގެ މިނިންމުމާއި ގުޅިގެން 300 އޭކަރުގެ ބޮޑު ރޭސް ޓްރެކް ގައި ބުލްޑޯޒަރު އެޅުމަށްފަހު ގެދޮރު އެޅުމަށް އެކަށީގެންވާ ބިމަށް ހަދާނެއެވެ.އަދި އިތުރުވަމުންދާ އާބާދީގެ ބޭނުމަށް ޕަބްލިކް އަދި ޕްރައިވެޓް ގެދޮރު އެޅުމަށް ބޭނުން ކުރާނެއެވެ.
ސިންގަޕޫރުގެ އާބާދީ މިއަހަރުވަނީ ހަ މިލިއަނުން މައްޗަށް އަރާފައެވެ.ސަރުކާރުން ބުނެފައިވާ ގޮތުގައި މި ނިންމުމަކީ އަންނަން އޮތް ޖީލުތަކަށްވެސް ބޭނުންވާނެ ބިން ހޯދާދިނުމަށް އެޅި ފިޔަވަޅެކެވެ. ސަރުކާރުން ބުނާ ގޮތުގައި ރޭސް ޓްރެކް އަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށްފަހު 2027 ވަނަ އަހަރުގެ ކުރީކޮޅު އެބިން ގެދޮރުވެރިކަމަށް ހަވާލު ކުރެވޭނެއެވެ.
ހޮނިހިރު ދުވަހު ބޭއްވި ފަހު ރޭސް ބަލާލުމަށް އެއާކޮންޑިޝަން ކޮށްފައިވާ ބޫތުތައް ފުރާ،ރޭސިންގް އަށް ޝައުގުވެރިވާ މީހުން ވަދެފައިވާ ކަމަށް ވެއެވެ.އަދި ތިރީ ބައިގައިވާ ބެޓިންގ ހޯލްތަކުގައިވެސް ގިނަބަޔަކު ރޭސް ތަކަށް އިންވެސްޓް ކުރުމަށް ވެސް އުޅުނު ކަމަށް ވެއެވެ.
އަސް ރޭސް ޖަހާޓްރެކްތައް ނަގަން ސަރުކާރުން ނިންމުމުން އަސްދުއްވާ އަދި ޓްރެއިނިންގ ގައިއުޅޭ ކޮމިއުނިޓީން ކަންބޮޑުވުން ފާޅުކުރިނަމަވެސް އަސް ރޭސް ޖެހުން އެގައުމުގައި އަންނަނީ މަގްބޫލުކަން ގެއްލެމުން ކަމަށް ވިއޯން ރިޕޯޓްގައި ބުނެފައި ވެއެވެ.ކުޅި ބަލަން ދާމީހުންގެ އަދަދު 2010 ހިސާބުގައި އެވަރެޖް ގޮތެއްގައި އެގާރަ ހާހުގައި ހުރިއިރު 2019 ވަނަ އަހަރުވަނީ ހަ ހާހަށް ދަށަށް ގޮސްފައި ކަމަށް ވެއެވެ.
ހޮނިހިރު ދުވަހުގެ ރޭސްބަލަން ވެސް ދިޔައީ ދިހަހާހެއްހާ މީހުން ކަމަށް ވެއެވެ.މިއީ ސްޓޭޑިއަމްގެ ޖާގައިގެ ތިންބައިކުޅައެއްބައި ކަމަށް ވެއެވެ.
ސިންގަޕޫރުގައި އަސްރޭސް ކުރިޔަށް ގެންދިޔަނަމަވެސް އަބަދުވެސް ބިމުގެ ދަތިކަން އެކަމަށް އޮވެއެވެ.
ސިންގަޕޫރުގެ ގޮލްފް ކޯސްވެސް އަލުން ޑިވެލޮޕް ކުރުމަށްޓަކައި މިއަހަރު ވަނީ ބަންދު ކޮށްފައެވެ

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް