ކުޑަ ފިރިހެން ކުއްޖަކު ކޮންމެ ދުވަހަކުވެސް ބޭންކަށް ގޮސް އޭނާގެ އެކައުންޓަށް ފައިސާ ޖަމާކުރެއެވެ.އެންމެ މަދުންވެސް ސަތޭކަ ރުފިޔާ އޭނަ ކޮންމެ ދުވަހަކުވެސް ޖަމާ ކުރެއެވެ.
މިކަން މިގޮތަށް ހިންގާކަން ބޭންކުގެ މެނޭޖަރަށް އެނގިއްޖެއެވެ.އެހެން ކަމުން އެއްދުވަހަކު އެކުއްޖާ ބޭންކަށް ދިއުމުން މެނޭޖަރު ނިކުމެ ކުއްޖާއާއި ސަލާމް ކޮށްލުމަށް ފަހު އެހިއެވެ.“ކޮއްކޮ ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ފައިސާ ބޭންކުގައި ޖަމާކުރަން އަންނަކަން އަހަރެންނަށް އެނގިއްޖެއެވެ. މިއީ ކޮންގޮތަކުން ހޯދާ ފައިސާއެއްތޯ އަހާލެވިދާނެ ހެއްޔެވެ.؟“
މިހެން އެހުމުން ކުއްޖާބުންޏެވެ.“މެނޭޖަރުގެ އޮފީސްތެރޭގައި ވާހަކަ ދެއްކިދާނެތޯއެވެ؟އޭރުން ފައިސާހޯދާގޮތް ކިޔާދޭނަމެވެ.“ މެނޭޖަރު އާނއެކޭ ބުނުމަށްފަހު ކުއްޖާ އޭނާގެ އޮފީހަށް ވައްދާ ގޮނޑިއެއްގައި ބައިންދައިފިއެވެ.އެވަގުތު ކުއްޖާ ވާހަކަ ކުރިޔަށް ގެންދިޔައެވެ.
”ފައިސާ ހޯދުވަށް އަޅުގަނޑުހަދާގޮތަކީ ކޮންމެ ދުވަހަކުވެސް ކޮންމެވެސް އައު މީހަކާ ”ބެޓް“ ކުރަނީއެވެ(ބާޖުމަރަނީއެވެ).އަހަރެންގެ ކަނައަތްފަރާތު ލޮލުގައި ”ކިސް“ ކޮށްލާނެ ކަމަށް ބުނެއެވެ.“
މިހާހަމަޔަށް ބުނުމުން މެނޭޖަރު ހިނިގަނޑެއް ޖަހާލުމަށްފަހު ބުންޏެވެ.“ތިޔައީ ކިހިނެއް ވާނެ ކަމެއް ހެއްޔެވެ.ތިޔައީ އެކަކަށްވެސް ކުރެވޭނެ ކަމެއް ނޫނެވެ.“ ބުނީމަ ކުއްޖާ ބުންޏެވެ. ”ސަތޭކަ ރުފިޔާ އިން އަޅުގަނޑާ ”ބެޓް“ ކުރައްވަން ކެރޭނެތޯ އެވެ؟“ މެނޭޖަރު ވަރަށް ފޮނިވެލާފަ އާނއެކޭ ބުނުމުން ކުއްޖާ ވަގުތުން އޭނާގެ ޖަހާފައިވާ ”ފޭކް“ ލޯ އަތަށް ވައްޓާލުމަށްފަހު އޭގައި ”ކިސް“ ކޮށްލިއެވެ.
ބޭންކް މެނޭޖަރު ކޮސްވެއްޖެ އެވެ.އަދި ކުޑަކުއްޖަކާ
”ބެޓް“ ކޮށް ބަލި ވުމުން މެނޭޖަރު ކުޑަކޮން ލަދުވެސް ގަނެފިއެވެ.ނަމަވެސް އޭނަ ވައުދުވީ ގޮތަށް ސަތޭކަ ރުފިޔާ ވަގުތުން ދީފިއެވެ. އެއާއެކު އެފައިސާ އަލުން އަނބުރާ ހޯދަން ބޭނުންވިއެވެ.މިވާހަކަ ކުއްޖާ ގާތު ބުނުމުން އައު ބެޓެއް ކުރުމަށް އޭނާ އެއްބަސްވިއެވެ. އަދި ބުންޏެވެ.
”މިފަހަރު ”ބެޓް“ ކުރާނީ ކުޑަކުޑަ ބަދަލަކާ އެކުއެވެ. އެންމެ ރަނގަޅު ތޯއެވެ؟“ މެނޭޖަރު އާނއެކޭ ބުނުމުން ކުއްޖާ ބުންޏެވެ. ”މެނޭޖަރު ލައިގެން ތިޔަހުންނެވީ ރަތް ކުލައިގެ އަންހެން ޖަގިޔަލެއް ކަން އަޅުގަނޑަށް ޔަގީނެވެ.މިކަން ސާބިތު ކޮށް ނުދެވިއްޖެ ނަމަ އަލުގަނޑު މެނޭޖަރު ދެއްވި 100 ރުފިޔާ އާއި އިތުރު ސަތޭކަ ރުފިޔާ ދޭނަމެވެ.އެންމެ ރަނގަޅު ތޯއެވެ“
މިހެން ބުނުމުން މެނޭޖަރު ހިތަށް އެރިއެވެ.މި ”ބެޓް“ ހަމަގައިމުވެސް ކާމިޔާބް ކުރާނީ އަހަރެންނެވެ.ހަމަގައިމުވެސް އަހަރެން ލައިގެން މިހުރީ އެބުނާ ކަހަލަ ޖަނގިޔަލެއް ނޫނެވެ.
އޭނަ ވަގުތުން ޖަނގިޔާ ދައްކަން އުޅުމުން ކުއްޖާ ބުންޏެވެ. ”އަދި އިހަށް މަޑުކޮށްލައްވާށެވެ.އަޅުގަނޑު ”ބެޓް“ ކާމިޔާބު ކުރާތަން ބަލަން 10 ހެކިން އަޅުގަނޑު ބޭނުމެވެ.“ މިހެން ބުނުމުން މެނޭޖަރު ދިހަ މުވައްޒަފަކަށް ގޮވާ ގެނެސްފިއެވެ. އެޔަށްފަހު ކުއްޖާގެ އިޝާރާތަށް އެންމެންގެ ކުރިމަތީ އޭނާ ފަޓުލޫނު ތިރިކޮށް ޖަނގިޔާ ދައްކާލައިފިއެވެ. އޭނާ ލައިގެން ހުރީ އޭނާގެ އަމިއްލަ، ރޮނގުދެމި ބޮކްސަރެކެވެ. އެވަގުތު މެނޭޖަރަށް ފެނުނީ އެކުއްޖާ ވަރަށް ބޮޑަށް ހިނިއައިސްފަ ހުއްޓައެވެ. ލާރިކޮޅު ގެއްލޭ އިރުވެސް މީނަ މިހާ ހިނި މިއައީ ކީއްވެގެންތޯ މެނޭޖަރު ހިތަށް އެރިއެވެ.އެވަގުތު ކުއްޖާ ކޮންމެ ހެއްކެއްގެ އަތުން ސަތޭކަ ރުފިޔާ ނަގާތަން އެބަފެނެއެވެ. މެނޭޖަރު ހުރީ ހައިރާންވެފައެވެ. އެވަގުތު ކުއްޖާ ބުންޏެވެ.
”މައާފް ކުރައްވާށެވެ. އަޅުގަނޑުގެ އިޝާރާތަށް ތިއެންމެންގެ ކުރިމަތީ ފަސްމިނިޓްތެރޭ މެނޭޖަރުގެ ފަޓްލޫނު ބާލުވާނެ ކަމަށް އަޅުގަނޑު ބެޓް ކުރީމެވެ. ދެމިނެޓްވެސް ނުވަނީސް ތިޔަ ފަޓްލޫނު ބޭލުއްވީ ނޫންތޯއެވެ.އެހެން ކަމުން އެމީހުން އެއްބަސްވީ ގޮތަށް ކޮންމެ މީހަކު ސަތޭކަ ރުފިޔާ ދޭން ޖެހޭނެ ނޫންތޯއެވެ.“ ހެވިފަހުރެ މިހެންބުނެ މެނޭޖަރު އަތަށް ދުއިސަތަ ރުފިޔާ ދިނުމަށް ފަހު ބާކީ ހިފައިގެން އެތަނުން ނިކުމެގެން ހިނގައްޖެ އެވެ.
މެނޭޖަރާ އޭނާގެ ދިހަ މުވައްޒަފުން ހައިރާންވެފައި ބުނާނެ އެއްޗެއް ނޭނގިފައި ތިއްބެވެ.