ބައްޕަގެ ނަސޭހަތް

Loading

Facebook
Twitter
WhatsApp


އެއްދުވަހަކު ބައްޕަޔަކު އޭނާގެ ދަރިފުޅަށް ނަސޭހަތް ދެމުން ބުންޏެވެ.
”ދަރިފުޅުގެ ހަޔާތުގެ ކުރިޔަށް އޮތް ދުވަސް ތަކުގައި ތިން ކަމެއް ކުރަން އަބަދުވެސް ހަނދާން ކުރާށެވެ.އެއީ އެންމެ ރަނގަޅު ކާނާ ކެއުމާއި، އެންމެ އަރާމު އެނދުގައި ނިދުމާއި އަދި އެންމެ އަރާމު،އެންމެ ރައްކާތެރި ގޭގައި ދިރިއުޅުމެވެ“


ބައްޕަ މިހެން ބުނުމުން ދަރިފުޅު ބުންޏެވެ.އަޅުގަނޑު މެންނަކީ ފަގީރުން ނޫންތޯއެވެ؟ތިޔަ ކަންތައް ކުރާނީ ކިހިނެއް ތޯއެވެ؟ މިހެން ބުނުމުން ބައްޕަ ޖަވާބުގައި ބުންޏެވެ. ”ދަރިފުޅު ރަގަޅަށް ބަނޑުހައިވުމުން ކާން އާދަކުރާށެވެ.އޭރުން އެވަގުތު ކާން ހުންނަ ކެއުމަކީ އެންމެ ރަނގަޅު ކެއުން ކަމަށް ގަބޫލު ކުރެވޭނެއެވެ. ދެވަނަ ކަމަކީ މަސައްކަތް ކުރުމަށްފަހު ރަނގަޅަށް ވަރުބަލިވެގެން އަރާމު ކުރަން އޮށޯންނަ ނަމަ އާދައިގެ އެދެއް ނަމަވެސް އަރާމު އެނދެއްގެ ގޮތުގައި އިހުސާސް ކުރެވޭނެއެވެ.
އަދި ތިންވަނަ ކަމެއްގެ ގޮތުގައި ހަނދާން ކުރަންވީ ކަމަކީ އަބަދު ގޭތެރޭގަ އުޅޭ އެހެން މީހުންދެކެ ރުޅިއައިސްގެން ނޫޅެ، އެމީހުންނާމެދު ލޯތްބާއި އޯގާތެރި ކަމާއެކު ހިތާށެވެ. އޭރުން އެމީހުންގެ ހިތުގައި ދަރިފުޅަށް ޚާއްސަ ލޯތްބާއި ކުލުނު އުފެދޭނެއެވެ.އެހެން ކަމުން އެމީހުންގެ ތެރޭގައި އުޅޭއިރު އެމިހުންވެސް ދަރިފުޅު ދެކެމާބޮޑަށް ލޯބިވާނެއެވެ. އަދި ދަރިފުޅަށްޓަކާ އެއީ އެންމެ ރައްކާތެރި، އެންމެ ލޯބިލިބޭ އެންމެ އަރާމު ގެ ކަމުގައި ވެގެން ދާނެއެވެ.“
މިހެން ބުނުމުން ދަރިފުޅު އިނީ ވަރަށް އުފަލުންނެވެ

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް