މަސްދޯނިފަހަރު މަހަށް ދެވޭ މިންވަރަށް ތެޔޮ ނުލިބޭ ކަމަށް ބުނެ މަސްވެރިން ރަތަށް

Loading

Facebook
Twitter
WhatsApp
ފޮޓޯ:މަސްވެރި އިހަވަންދޫ

އެކިދުވަސްވަރު މަސް ވެރިކަން ރަނގަޅީ ރާއްޖޭގެ އެކިއަތޮޅުތަކުގައެވެ. އެހެން ކަމުން ދުރުއަތޮޅުތަކަށް މަހަށް ދެވޭ ވަރަށް ސަރުކާރުން ތެޔޮ ނުދޭކަމަށް ބުނެ މަސްވެރިން ރަތަށް އަރާފައިވާކަމަށް މަސްވެރިޔަކު ބުނެފިއެވެ. ގއ. އަތޮޅުގެ މަސްވެރިޔަކު ކިޔައިދިންގޮތުގައި މި ވަގުތު މަސްވެރިކަން ރަނގަޅީ ހުވަދޫއަތޮޅުދެކުނު ބުރީގައެވެ. ހައްދުންމަތީގެ މަސްދޯނިފަހަރު ގދ. އަތޮޅަށް މަހަށް ދެވޭވަރަށް ތެޔޮ ނުލިބޭތީ އެ އަތޮޅުގެ މަސްވެރިންވެސް ތިބީ ރުޅިގަދަވެފައެވެ.

   މަސްކިލޯ އެއްގެ އަގު 16 ރުފިޔާއަށް ތިރިކުރުމުގެ ސަބަބުން މަހަށްދާ ކޮންމެ ދުވަހަކު އެންމެ ދަށްވެގެންވެސް ހަޓަނު މަސް ބާނައިގެން މެނުވީ އެ ދުވަހެއްގެ ޚަރަދު ފޫނުބެދޭކަމަށް މަސްވެރިޔާ ބުންޏެވެ. އެއީ އެންދަމަންވެސް ދާންޖެހެނީ އެއިރެއްގައި އޮންނަ އެންވެރިކަން އެންމެ ރަނގަޅު އަތޮޅަކަށެވެ. ކަން މިހެން ހުރިނަމަވެސް ތިންވަނަ ޖީލުގެ ބޮޑެތި  މަސްދޯނިފަހަރަށް ބޭނުންވާ މިންވަރަށް ފިއުލްސަޕްލައި މޯލްޑިވްސް އިން ތެޔޮ ދޫނުކުރުމުގެ ސަބަބުން މިދުވަސްވަރު މަސްދޯނިފަހަރު ތިބީ މަހަށް ނުފުރިފައި ކަމަށް މަސްވެރިޔާ ބުންޏެވެ.

މި ސަރުކާރު ނޫނީ މަސްވެރިން ހާލުގައި ޖެއްސި އެހެން ސަރުކާރެއް ނެތްކަމަށާއި ފަސްވަގުތު ނަމާދުކޮށްގެން މި ސަރުކާރު ބަދަލުކޮށްދެއްވާތޯ ގެ ޙަޒުރަތުގައި ދުޢާ ދަންނަވަމުން ގެންދާކަމަށް މަސްވެރިޔާ ބުންޏެވެ. ރައްޔިތުން މިސަރުކާރު ހޮވީ މިސަރުކާރުގެ ރައީސް ވެވަޑައިގެންނެވި ރިޔާސީ ވަޢުދާ ޢަހުދުތަކަށް ބަރޯސާވެގެން ކަމަށާއި އެހެނަސް ކަން ހިނގަމުން އަންނަނީ އެކޮޅުކޮޅުން ދިމާއިނދިކީއްޔަށް ކަމަށް މަސްވެރިޔާ ބުންޏެވެ.

  އެހެނަސް މި ސަރުކާރުން މަސްވެރިންނަށް ހުވަފެން ދައްކަމުންގެންދާ ކަމަށާއި ވިއްސާރަޔާ ގަދަވައިގެތެރޭގައި ފިންޏާހޫނުގައި މަސްވެރިން ކުރަމުންގެންދާ ބުރަ މަސައްކަތް ކޮށްގެން ރާއްޖޭގެ ދުރު ހިސާބުތަކުން މަސް ބާނައިގެން ގޮސް ކިރުވާ މަހަށް އަގު ނުލިބި މަސްވެރިންގެ ޢާއިލާތައް ހައިހޫނުގައި ތިބެންޖެހުމަކީ މިސަރުކާރާމެދު މަސްވެރިންގެ ހިތްތަކުގައި ރުޅިވެރިކަމާއި ނަފުރަތު އުފެދެން ޖެހުނު ފުރަތަމަ ސަބަބުކަމަށް މަސްވެރިޔާ ބުންޏެވެ. މަސްވެރިންނާމެދު މި ސަރުކާރުން ނުހަނު އިހާނެތިކޮށް ކަންކުރަމުން ދާތީ މިސަރުކާރު ދެމިއޮތުމަކީ  މަސްވެރިން ނޭދޭ އަނެއް ސަބަބުކަމުގައި މަސްވެރިޔާ ބުންޏެވެ.

      މި ސަރުކާރު ވެރިކަމަށް އައުމަށްޓަކާ މަސްވެރިންނަށް ދެއްކި އަވާމެންދުރެއް ކަމަށާއި ވެ ވަޑައިގެންނެވީ މުޅިންވެސް ފޭކު ވަޢުދުފުޅުތަކެއްކަން މިއަދު އެންމެހާރައްޔިތުންނަށް އެވަނީ ހާމަވެފައެވެ. މި ސަރުކާރުން މަސްވެރިން ބިކަޙާލުގައި ޖައްސައިފިކަމަށާއި މިވަރަށް އިތުރުފުޅު ހެއްދެވި ދެވަނަވެރިޔަކު އަދި މިހާތަނަށް ދެކެފައި ނުވާކަމަށް ވެސް މަސްވެރިޔާ ބުންޏެވެ.

ގާނޫނުއަސާސީގައި ކަޅާހުދުން ބަޔާންކުރެވިފައި ވާފަދައިން ސަރުކާރުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި އަދި ސަރުކާރު ދެމިއޮންނާނީ ވެސް ރައްޔިތުން ބޭނުން ވަންޏާކަން ދުރުނޫން މުސްތަގްބަލެއްގައި މިސަރުކާރަށް އެނގިގެންދާނެކަމަށް އޭނާ ބުންޏެވެ. އަދި މިސަރުކާރު ހޮވަން ވޯޓުދެވުނީ މަސްވެރިންގެ މޮޔަކަމުން ކަމަށާއި މިސަރުކާރު އެވަނީ އަސުރުން ތިރިވެ އޮއްސުމާ ދާދި ގާތްވެފައި ކަމަށް ވެސް މަސްވެރިޔާ ބުންޏެވެ. .

      އެހެންކަމާއެކު އެންމެންނާއެކު އޮޑިބަންޑުންވެ ހިކިފަސްތަނެއް އަތުޖެހޭތޯ މަރުފަލި ޖަހަމުންދާ މަންޒަރު ދިރިތިބި ބަޔަކަށް ފެންނާނޭ ކަމަށްވެސް މަސްވެރިޔާ ބުންޏެވެ.

ރާއްޖެ ބަނޑަށް ޖެހޭ ދަނޑިވަޅު ތަކުގައި  ދިވެހިން ކައިބޮއި އުޅުނީ މަހާ ކާށްޓާ ދިޔާހަކުރު ކަމަށާއި ރާއްޖޭގެ މަސްވެރިން އިނދަޖައްސާލައިފިނަމަ ޙާލުގައި ޖެހޭނީ ދިވެހި ރައްޔިތުންކަން މިސަރުކާރަށް އެގެންވާނެއެވެ.

އެހެނަސް މި ސަރުކާރުން އެދަނީ މަސްވެރިން މަސްވެރިކަން ކުރަން ހުރި ދޮރުތައް ބަންދުކުރަމުން ކަމަށާއި މިރާއްޖެގައި މަސްވެރިކަން ކުރަނީ ރިޔަލު މަސްދޯނިފަހަރުގައި ނޫން ކަމުން ތެޔޮނުލިބި މަސްވެރިކަން ނުކުރެވޭނޭކަން މިސަރުކާރުގެ އިސްވެރިންނަށް އެނގިވަޑައި ނުގަންނަވަނީތޯ ނޫންނަމަ ތިމާމެން އަނިޔާވެރިކަން ރައްޔިތުންނަށް ދައްކަވަނީތޯ މަސްވެރިން ސުވާލުއެބަކުރެއެވެ.

     މަސްވެރިކަމަކީ ރާއްޖޭ އިގްތުޞާދުގެ އެންމެ ވަރުގަދަ ލޭ ނާރެވެ. ޒަމާނުއްސުރެ ދިވެހިން ކައިބޮއި ބަނޑުފުރާނަ މުއްތިކުރަމުން އަންނަނީ މަސްވެރިކަން ކޮށްގެނެވެ. އެހެންކަމާއެކު ރާއްޖޭގެ ސަރުކާރުތަކުން އައީ މަސްވެރިންނަށް ޚާއްޞަ އަހުމިއްޔަތެއް ދެމުންނެވެ. އެހެނަސް މި ސަރުކާރު ވެރިކަމަށް އައިފަހުން ރާއްޖޭގެ މަސްވެރިންއުޅެން ޖެހިފައި މިވަނީ މަސްވެރިކަން ކުރެވޭނެ ގޮތެއް ނެތިގެން ސަރުކާރަށް އާދޭސް ދަންނަވަން ކަމުގައި މަސްވެރިޔާ ފާހަގަކޮށްފައި ވެއެވެ.


Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް