ޚާއްސަ އިވެންޓުތަކަކާއެކު ބައިނަލްއަޤްވާމީ ޖަނަވާރުންގެ ދުވަސް ރާއްޖޭގައި ފާހަގަކޮށްފިއެވެ.
މިއީ ރާއްޖޭގައި ޖަނަވާރުންގެ ދުވަސް ފާހަގަކުރި ފުރަތަމަ ފަހަރެވެ.
ބައިނަލްއަޤްވާމީ ޖަނަވާރުގެ ދުވަސް ފާހަގަކުރުމުގެ މުނާސަބަތުގައި، މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރއިން އިންތިޒާމުކޮށްގެން މާލޭގައި ބޭއްވި ’އެނިމަލް ޑޭ ފެއަރ 2024‘ ބާއްވާފައި ވަނީ މާލޭ އާޓިފިޝަލް ބީޗުގައެވެ. މި ރަސްމިއްޔާތު ރަސްމީކޮށް ހުޅުއްވައިދެއްވީ މިނިސްޓަރ ޑރ. ޢާއިޝަތު ރަމީލާ އެވެ.
ޖަނަވާރުންގެ ދުވަސް ފާހަގަކުރުމަށް މި ފެއާ ބާއްވާފައި ވަނީ ރާއްޖޭގައި ހަރަކާތްތެރިވާ ގިނަ އެންޖީއޯތައް ގުޅިގެންނެއެވެ. އަދި މި ފެއާގައި ވަނީ ފަންޑްރެއިޒިންގެ ހަރަކާތެއް ވެސް ކުރިއަށް ގެންގޮސްފައެވެ. ޖަނަވާރުންނާއި ގުޅޭ ތަފާތު އެކި މައުލޫމާތުދީ، އެ ތަކެތި ބަލާ ޑޮކްޓަރުން މެދުވެރިކޮށް ޚިދުމަތް ލިބޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފަ އެވެ.
މީގެ އިތުރުން މި ފެއާގެ ތެރެއިން ”ފޮޓޯ ވިތު މައި ޕެޓްސް“ ގެ ނަމުގައި ޚާއްޞަ މުބާރާތެއް ވެސް ވަނީ ފަށާފައެވެ. މި މުބާރާތް ކުރިއަށްގެންދާނީ މި މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތަށް ހުށަހަޅާ ފޮޓޯތަކުގެ ތެރެއިން އެންމެ މޮޅު ފޮޓޯއެއް ހުށައަޅާ ތިން ފަރާތަކަށް އިނާމު ދިނުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.
2 Responses
ޖަނަވާރުންގެ ދުވަސް ފާހަނގަކުރާއިރު އިންސާނުން އެސޮރުމެންގެ ފަރާރުންވާ ދުއްތުރާއިން ސަލާމަތްކޮށްދޭންޖެހޭ. ބުޅާތައް މަގުތަކުގައި ސައިކަލަށް ގެއްލުންދެނީ. ނަޖިހުން ސަލާމަތްނުވެވޭ. މަގުތަކާއި އާންމުތަންތަނަށް ކާންއެޅުން މަނާކޮށް އަދަބުކަނޑައަޅަންވެއްޖެ.
”ޚާއްސަ އިވެންޓުތަކަކާއެކު ބައިނަލްއަޤްވާމީ ޖަނަވާރުންގެ ދުވަސް ރާއްޖޭގައި ފާހަގަކޮށްފިއެވެ.“ މި ސުރުޚީގެ ދަށުން އާޓިކަލް ކިޔާ ނިންމާލިއިރު ، ޖަނަވާރުންގެ ތެރެއިން ރާއްޖޭގައިވެސް ދިރިއުޅެމުންދާ ބާވަތްތަކުގެ ތެރެއިން ބައެއް އެއްޗެތީގެ ސަބަބުން އަހަރެމެން އިންސާނުންގެ ދިރިއުޅުމަށް އުނދަގޫވާ… އަދިމޭވާއެއް އެއެއްޗެއްގެސަބަބުން ކާންނުލިބިދާ ތަކެތީގެ އުނދަގޫ ރާއްޖޭގެ ހުރިހާ ރަށެއްގައި ދިރިއުޅޭ ފަރާތްތަކަށް ވަރަށްބޮޑަށް ދުއްތުރާ ކުރަމުންދާއެކައްޗަކީ، ވާލެވެ. ކުރީގައި ރަށްރަށުން އަދި މާލެއިންވެސް ވާ މަރައެވެ. މިގޮތަށް އެކަން ނުކުރުމުގެ ނަތީޖާއެއްގެ ގޮތުން ގިނަބައެއްގެ ދަނޑުވެރިކަމަށް ވަރަށް ބޮޑަށް ގެއްލުންވާކަން ފާހަގަ ކޮށްލަމެވެ.