އދ ގެ ޗީފް އިޒްރޭލަށް އެރުން މަނާ ކޮށްފި

Loading

Facebook
Twitter
WhatsApp

އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް އިޒްރޭލަށް އެރުން މަނާ ކުރެވިފައިވާ ކަމަށް އިޒްރޭލްގެ ފޮރިން މިނިސްޓަރ އިސްރާއެލް ކެޓްޒް ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ އީރާނުން އިޒްރޭލަށް ދިން ހަމަލާތައް ކުށްވެރި ނުކުރާ ފަރާތެއް އިޒްރޭލަށް ވަނުމުގެ ހައްގެއް ނޯންނާނެ ކަމުގައެވެ.އަދި ގުޓަރެސް މިހާތަނަށް އަންގާރަ ދުވަހުގެ ރޭ އީރާނުންދިން ހަމަލާތަކާ އަދި އޮކްޓޯބަރ 7 ވަނަ ދުވަހު ހަމާސް އިން ހިންގި ޖަރީމާތައް ކުށްވެރި ކުރައްވާފައި ނުވާ ކަމުގައެވެ.މީގެ އިތުރުން ގުޓަރެސް އާއި އެކު ނުވަތަ ގުޓަރެސް އާއި ނުލާވެސް އިޒްރޭލުން އަމިއްލަ ގައުމާ ރައްޔިތުން ހިމާޔަތް ކުރާނެ ކަމަށާ ގައުމީ އިސްތިގްލާލް ދަމަހައްޓާނެކަމަށް އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވެއެވެ.
ފޮރިން މިނިސްޓަރުގެ ޕޯސްޓާގުޅިގެން މިނިސްޓްރީ އޮފް ފޮރިންއެފެއާސްގެ ޑެޕިއުޓީ ސްޕޯކްސްޕާސަން އެލެކްސް ގެންޑްލަރ ވެސް ވަނީ ގުޓަރެސް ކުށްވެރި ކުރައްވާ ވާހަކަ ދައްކަވާފައެވެ.އޭނާ ވިދާޅުވި ގޮތުގައި އިޒްރޭލާ އީރާން،އިޒްބުﷲއަދި ހަމާސް އާ ދެމެދު ކުރިޔަށްދާ ކުރިމަތިލުންތަކުގައިވެސް ގުޓަރެސްގެ އެއްވެސް އެހީތެރިކަމެއް އިޒްރޭލަށް ލިބިފައި ނުވާކަމުގައެވެ. އަދި އިޒްރޭލަށް އެހީވުމުގެ ބަދަލުގައި އިޒްރޭލާ ދެކޮޅުވެރި ފަރާތްތަކާ އެއްކޮޅަށް ބަސް ވިދާޅުވާ ކަމަށް ޑެޕިއުޓީ ތަރުޖަމާން ބުނެފައި ވެއެވެ.
އަންގާރަ ދުވަހުގެ ރޭ އީރާނުން އިޒްރޭލަށް ދިން މިސައިލް ހަމަލާތަކާ ގުޅިގެން އެންޓޯނިއޯ ގުޓަރެސް ވަނީ މެދުއިރުމަތީގައި ކުރިޔަށްދާ ހަމަލާތައް ފަހަރަކަށް ވުރެ ފަހަރަކު ވަރުގަދަކޮށް ފުޅާ ކުރަމުން ގެންދާތީ އެކަން ކުށްވެރި ކުރައްވާފައެވެ.އަދި މިހަމަލާތައް ހުއްޓަން ޖެހޭ ކަމަށާ ”ސީޒްފަޔާ“ އެއް ކޮންމެހެންވެސް ބޭނުންވާ ކަމަށް ވިދާޅުވެފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް