އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫއާއި ފޯނުން ބައްދަލް ކުރައްވާ ވެސްޓް އޭޝިޔާގައި މިވަގުތު ކުރިޔަށްދާ ހަނގުރާމަ އާއި ބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
ހޯމަދުވަހު ކުރެއްވި ފޯންކޯލް އަށް ފަހު މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ދެބޭފުޅުން ވާހަކަފުޅުދެއްކެވިކަން ހާމަ ކުރައްވާފައެވެ.އަދި މައިގަނޑު މައުލޫޢު އަކީ ވެސްޓް އޭޝިޔާގައި މިވަގުތު ބަދަލު ކުރެވެމުންދާ ވަރުގަދަ ހަމަލާތައް ކަމަށް ވިދާޅުވެފައި ވެއެވެ.
ޕޯސްޓް ގައި މޯދީ އިތުރަށް ވިދާޅުވެފައިވާ ގޮތުގައި އަޅުގަނޑުމެންގެ މިދުނިޔޭގައި ޓެރަރިޒަމް އަށް އެއްވެސް ޖާގައެއް ނޯންނާނެއެވެ.އަދި އެސަރަހައްދުގައި ބަދަލު ކުރަމުންދާ ހަމަލާ ތައް އިތުރަށް ވަރުގަދަވެ ފުޅާވުން ހުއްޓުވަންޖެހޭ ކަމަށާ ހުރިހާ ހޮސްޓެޖުން ސަލާމަތުން ނެރެވޭނެކަން ޔަގީން ކުރަންޖެހޭކަމަށް ވިދާޅުވެފައި ވެއެވެ.އަދި ސުލްއާއި ހަމަޖެހުން ހޯދުމަށް ކުރެވޭ މަސައްކަތަށް އިންޑިޔާގެ ތާއީދާއި އެއްބާރުލުން އަބަދުވެސް އޮންނާނެކަމަށް ވިދާޅުވެފައި ވެއެވެ.
ހުކުރުދުވަހު އިޒްރޭލުން ބޭރޫތަށްދިން ހަމަލާ ތަކެއްގައި ހިޒްބުއްﷲގެ ލީޑަރު ހަސަން ނަސްރުﷲ ވަނީ އަވަހާރަވެފައެވެ. އޭގެ ފަހުންވެސް ހޮނިހިރު އާދީއްތަ ދެދުވަހުވެސް އިޒްރޭލުން ވަނީ ބޭރޫތުގެ އެތަން މިތަނަށް ވަރުގަދަ ހަމަލާތަކެއްދީ 200އެއްހާ މީހުން މަރާ އަދި އުމްރާނީ ބިނާތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ.
ވޮޝިންގޓަންޕޯސްޓާ ހަވާލާދީ މިހާރު ލިބޭ ހަބަރުތައް ބުނާ ގޮތުން އިޒްރޭލުން އެއްގަމު މަގުން އަރާވެސް ލުބްނާނަށް ހަމަލާތަކެއް ދޭން ރާވަމުންދާ ކަމަށް ބެލެވެއެވެ.އަދި މިކަން އިޒްރޭލުން ވަނީ އެމެރިކާ އަށްވެސް އަންގާފައެވެ.
އިންޑިޔާއިން ބުނާގޮތުގައި އިޒްރޭލުން ދެމުން ގެންދާ ރަހުމެއް ނެތް ވަރުގަދަ ހަމަލާ ތަކަކީ ޓެރަރިޒަމްއާ ދެކޮޅަށް ހިންގާ ހަރަކާތެކެވެ.އޮކްޓޯބަރ 7ވަނަ ދުވަހު ހަމާސްއިން އިޒްރޭލަށް ދިން ހަމަލާތަކަށްފަހު އިޒްރޭލާ އެއްކޮޅަށް އެންމެ އަވަހަށް އެއްޗެއް ބުނި ގައުމު ތަކުގެ ތެރޭގައި އިންޑިޔާ ހިމެނެއެވެ.
One Response
މިހާރު ޓޭރެރިސްޓްންނަށް އަޒާބު ނުލިބިނުދާނެކަން މޯދީއަށް ފެނިވަޑައިގަނޭބާ