ހިޒްބުﷲގެ އަސްކަރީ ސައިޓްތައް ނައްތާލަން ކަމަށް ބުނެ އިސްރާއީލުން ލުބުނާނަށް އަރައިފި

Loading

Facebook
Twitter
WhatsApp

ލުބުނާންގެ ދެކުނުގެ ސަރަހައްދުގައި ތިބި ހިޒްބުﷲ މުޖާހިދުންގެ އަސްކަރީ ސައިޓްތައް ނައްތާލަން ކަމަށް ބުނެ ޒަޔަނިސްޓް އިސްރާއީލު ސިފައިން އެއްގަމު މަގުން ލުބުނާނަށް އަރައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ބޮމުގެ ހަމަލާތަކެއް ދިނުމަށްފަހު އިސްރާއީލު ސިފައިންތައް އެއްގަމު މަގުން ލުބުނާނަށް އެރީ ރޭ ދަންވަރު އެވެ.

އިސްރާއީލުގެ އަސްކަރިއްޔާއާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން އިސްރާއީލު ސިފައިން ވަނީ ހިޒްބުالله އަށް އަމާޒުކޮށްގެން ލުބުނާނުގެ ދެކުނުގައި ”ލިމިޓެޑް ގްރައުންޑް އޮޕަރޭޝަނެއް“ ފަށާފައެވެ.

އަސްކަރީ އުޅަނދުތަކާއި ބުލްޑޯޒަރުތަކާއެކު އިސްރާއީލުން އެއްގަމު މަގުން ލުބުނާނަށް އަރައިގަތުމާއެކު ހިޒްބުﷲ ޖަމާއަތުން ވަނީ ރައްދުދީ އިސްރާއީލަށް އަމާޒުކޮށް ރޮކެޓު ހަމަލާތަކެއް ވެސް ފޮނުވާލާފައެވެ.

އެ އަރައިގަތުމުގެ ކުރިން އިސްރާއީލުގެ ސަލާމަތީ ކެބިނެޓުން ވަނީ ހިޒްބުالله އާއި އެކު ކުރާ ހަނގުރާމައިގެ ”ދެން އޮތް މަރުހަލާ“ އަށް ރުހުން ދީފައި ކަމަށް އިސްރާއީލާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.  

އިސްރާއީލުން ލުބުނާނަށް ދެމުން އަންނަ ހަމަލާތަކުގައި 1،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައި ވާއިރު ގާތްގަނޑަކަށް 6،000 މީހުން ޒަޚަމްވެފައިވާ ކަމަށް ލުބުނާނުގެ ހެލްތު މިނިސްޓްރީން ހާމަކުރެއެވެ. އަދި ގާތްގަނޑަކަށް ލުބުނާނުގެ 1 މިލިއަނެއްހާ މީހުން ވަނީ ގެދޮރު ގެއްލިފައި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދުކޮށް ޒަޔަނިސްޓު އިސްރާއީލާއި ހަނގުރާމަ ކުރަމުން ގެންދާނެ ކަމަށް ހިޒްބުﷲ ޖަމާއަތުން ވަނީ ވައުދުވެފަ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް