މަރުވެފައި އޮތް ދިވެހި ފިރިހެނަކު ކަނޑުމަތިން އޮޔާދަނިކޮށް ފެނިއްޖެ

Loading

Facebook
Twitter
WhatsApp

މަރުވެފައި އޮތް ދިވެހި ފިރިހެނަކު ކަނޑުމަތިން އޮޔާދަނިކޮށް ފެނިއްޖެއެވެ.

އެނގިފައިވާ ގޮތުގައި މަރުވެފައި އޮއްވާ ފެނުނީ ހ. ވެލަސްފަރުގެ އުމުރުން 62އ ގެ އިބްރާހިމް ޖައުހަރެވެ.

ފުލުހުން ދެންމެ ބުނީ އުސްފަސްގަނޑާ ދިމާލު ކަނޑުމަތިން މީހަކު މަރުވެފައި އޮތް ކަމުގެ ރިޕޯޓެއް ލިބިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ކަނޑުމަތީގައި މީހަކު މަރުވެފައި އޮތް ކަމުގެ ރިޕޯޓު ލިބިފައި ވަނީ މިއަދު ހަވީރު 5:06 ހާއިރު ކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ.

އެއީ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ހާމަކުރެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް