"ބްރޭން ޑްރޭން" ނުވަތަ ހުނަރުވެރިން ޙިޖުރަކުރުން

Loading

Facebook
Twitter
WhatsApp
Maldives News

”ބްރޭން ޑްރޭން“ ނުވަތަ ހުނަރުވެރިން ހިޖުރަ ކުރުމޭ މިބުނަނީ ހުނަރު ލިބިފާވާ ބަޔަކު ނުވަތަ މުއްސަދި މަޢުލޫމާތުތަކެއް ލިބިފާވާ ބަޔަކު އެބަޔެއްގެ ގައުމު ދޫކޮށް އެހެން ގައުމުތަކަށް ޚިޖުރު ކުރުމަށެވެ. މިހެން ދިމާވާ އެތައް ސަބަބުތަކެއް ވާކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. އޭގެ ތެރޭގައި ގައުމެއްގެ ސިޔާސީމަޝްރަޙުގައި ނުވަތަ އެތެރޭގެ ހަމަނުޖެހުން އޮތުން ނުވަތަ މަސައްކަތުގެ މައިދާނުގައި ކުރިއަރާނޭ ފުރުޞަތުތައް ނެތުން، ދިރިއުޅުމުގައި އުފުލަން ޖެހޭ ތަކުލީފު ބޮޑުވުން ނުވަތަ ޞިއްހަތަށް ގެއްލުން ލިބިދާނެ ކަންކަމުގެ ސަބަބުންނެވެ. މީގެ އިތުރުން އެކަށީގެންވާ މުސާރަ އާއި ގެދޮރު ނުލިބުމާއި އެކަށީގެން އިޖްތިމާޢީ މާޙައުލެއް ނެތުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކުޑަކަމާއި އެތެރޭގެ ފިއްތުންތައް ބޮޑުކަމުން އެހެން ގައުމަށް ދިޔުމަށް ޚިޔާރު ކުރަނީއެވެ. ޔޫ އެންގެ ރިޕޯޓެއްގައި ހާމަ ކޮށްފާ ގޮތުން ވޭތުވެ ދިޔަ 30 އަހަރުގެ ތެރޭގައި ތަކެތީގެ އަގު ބޮޑުވުމާ ފައިސާގެ އަގު ދަށްވުމަކީ ވެސް ތަރައްގީވެފާވާ ގައުމު ތަކުން ހުނަރުވެރިން ޚިޖުރަކުރުމަށް ދިމާ ބައެއް ސަބަބުތަކެވެ.

އަޅުގަޑުމެންނާ އެއްދުވަސްވަރެއްގައި މިނިވަންކަން ލިބި އެހެންނަމަވެސް އަޅުގަޑުމެންނަށް ވުރެެ މާބޮޑަށް ތަރައްގީ ވެފައިވާ ސިންގަޕޫރުން މީހުން އެހެން ގައުމުތަކަށް ޙިޖުރަ ކުރާ 5 ސަބަބުކަމަށް ވަނީ ދިރިއުޅުމުގެ ޚަރަދު ބޮޑުކަމުންނާއި ހަރުކަށި ގަވާއިދާ ހެދި ދިރިއުޅުމަށް ދަތިވާތީ އާއި ވަޒީފާގެ ފުރުޞަތުތައް ހަނިވުމުންނާއި ހަމަޖެހިލައިގެން
އުޅެވޭ ދިރިއުޅުމެއް ނެތުމުންނާއި މުސްތަޤުބަލާމެދު ޔަގީންކަން    ނެތުމުންކަމުގަ އިވެއެވެ. ލަފާކުރެވޭ ގޮތުގައި އެގައުމުން 1000 މީހުން އަހަރަކު ޙިޖުރަ ކުރެއެވެ.

ބްރޭން ޑްރޭނަކީ ހުރިހާ ގައުމަކަށް ދިމާވާ ކަމަކަށްވީނަމަވެސް މިކަން ބޮޑަށް ތަޖުރިބާ ކުރަނީ ތަރައްގީ ވަމުން އަންނަ ގައުމުތަކުގައެވެ. މިގޮތުން ރާއްޖެ ވެސް އިސްތިސްނާ ނުވާކަން ހަދާންކޮށްލަން އެބަޖެހެއެވެ. ރާއްޖެއަށް ވަރަށް ބޮޑެތި އިގްތިޞަދީ އަދި އިޖްތިމާޢީ ބަދަލުތަކެއް އަންނަމުން ދާއިރު އިންސާނީ ވަޞީލަތަކީ އެންމެ މުހިންމު ރައުސްމާލްކަމަށް ގަބޫލު ކުރަންޖެހެއެވެ. ރާއްޖޭ ގެ ވަޞީލަތްތައް ޚާއްޞަކޮށް އިންސާނީ ވަޞީލަތް މަދުކަމުގެ ވާހަކަ ދެކެވޭއިރު އިންސާނީ ވަޞީލަތް ވަރުގަދަކުރުމަށް އެކަށީވާ ވިސްނުމެއްގައި ކުރިއަށް ގެންދެވިފާ ވޭތޯ ބަލާލަން ޖެހެއެވެ. ވޭތުވެ ދިޔަ އަހަރުތަކުގައި ބޭރުގައުމު ތަކަށް ގޮސް މަތީ ތަޢުލީމު ހޯދުމުގެ ފުރުޞަތުތައް ފުޅާވެގެން ގޮސްފާ ވެއެވެ. ނަމަވެސް އެތަޢުލީމު ޙާޞިލް ކުރުމަށްފަހު އަންނަން އޮތީ ކޮންކަހަލަ ދިވެހި ރާއްޖެއަކަށްތޯއެވެ؟ ރާއްޖެ ނައިސް ބޭރު ގައުމުތަކަށް ހިޖުރަ ކުރިމިންވަރާމެދު ގައުމީފެންވަރެއްގައި ވިސްނާފަ ވޭތޯއެވެ؟

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް